ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެމްބަރުން ޕީއެންސީ އޮފީހަށް ނުވަތަ ދިމްޔާތަށް ވަޑައިގެންނެވުމަކީ އާދަޔާޚިލާފު ކަމެއް ނޫން: އަބްދުއްރަޙީމް

ރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން އަބްދުލްރަހީމް (އަދުރޭ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބައްސަވާކަމަށް ބުނެ ދެކެވެނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ސަންގުޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަޙީމް ވަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލިސް މެމްބަރުންނަށް ފައިސާ ބައްސަވާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ޕީއެންސީ އޮފީހަށް ނުވަތަ ދިމްޔާތަށް ވަޑައިގެންނެވުމަކީ އާދަޔާޚިލާފު ކަމެއް ނޫން ކަމަށެވެ.

ވަކިން ޚާއްސަކޮށް ދިމްޔާތަކީ މިހާރު ރައީސް ދިރިއުޅުއްވާ ގެކޮޅެއްނޫންކަން ފާހަގަ ކުރައްވައި އަބްދުއްރަޙީމް ވިދާޅުވީ، މެމްބަރުންވެސް ތަފާތު އެކިއެކި ބޭނުންތަކުގައި ދިމްޔާތަށް ވަޑައިގަންނަވާ ކަމަށެވެ.

އެ ގެޔަކީ ކުއްޔަށްދޭ ކޮޓަރި ހުންނަ ތަނެއް، އަނެއްކާ ރެސްޓޯރަންޓެއް އެބަހުރި، އެހެންވީމާ އެ ހިސާބުގަނޑުގައި އުޅުއްވާ މެމްބަރުން އެ ގެޔަށް އެ ރެސްޓޯރަންޓަށް ވަޑައިގެންނެވުމަކީވެސް އެކަށީގެންވާ ކަމެއް، އަދި އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާ މެމްބަރުންނާ ގާތްތިމާގެ މީހުން ނޫނީ އެކުވެރި ރަޙްމަތްތެރިން ތިއްބަވާފާނެ ހަމަ ކުއްޔަށް ދިމްޔާތުގެ ރޫމެއްގައި، އެހެންވީމާ އެތަނުން މެމްބަރުން ފެނިދާނެ، އަދި ފެންނަ ފެނުމުގައި އަތުގައި ދަބަހެއްވެސް އޮވެދާނެ، އަތުގައި ދަބަހެއް އޮންނަ ކޮންމެ ފަހަރަކު އެއީ ފައިސާއެއް ނޫން

އަބްދުއްރަޙީމް ވިދާޅުވީ، މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ފައިސާ ދެއްވާކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގެ މިހާރު އޮތް ޑިމޮކްރަސީއަށް ބަލާއިރު، ކަމުގެ ތެދު ދޮގު ނުބަލައި ވާހަކަތައް ފެތުރުން އާންމުކަމަކަށް ވެފައިވާކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އެ ވާހަކަތަކަކީ ވާދަވެރި ސިޔާސީ ފަރާތްތަކުން އުފައްދާފައިވާ ވާހަކައެއްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: