ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

165 ޒުވާނުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރަހަމަ ކޮށް ވަޒީފާ ކަށަވަރުކޮށްފައިވޭ: މިނިސްޓަރ އަސްވާޑް

ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް)
ޝެއާރކޮށްލާ ކަހަލަދޯ؟

165 ޒުވާނުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރަހަމަ ކޮށް ވަޒީފާ ކަށަވަރުކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ދިވެހި ޒުވާނުންނަށް ފައިސާއެއް ލިބުމަކީ މިނިސްޓްރީން ގަބޫލުކުރާގޮތުގައި ޒުވާނުންނަށް ރަނގަޅު ފައިސާއެއް، ރަނގަޅު އާމްދަނީއެއް ލިބުމަކީ އަބުރުވެރި ހަޔާތެއް އުޅުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި އަމާޒަށް މަސައްކަތް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެކު މިދިޔަ 52 ހަފްތާގައި ވަރަށް ކާމިޔާބު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާތައް ޒުވާނުންނަށް ކަށަވަރު ކުރުމަށްޓަކައި މިނިސްޓްރީން ހިންގާ ވަރަށް މުހިންމު މަަސައްކަތެއް ކަމަށް އަސްވާޑް ވިދާޅުވިއެވެ. އަދި މިވަގުތުވެސް 400 އަށްވުރެ ގިން ކުދިން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރަހަމަ ކުރަމުންދާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ ޕްރޮގްރާމް ފުރިހަމަކުރަމުންދާ 400 ކުދިންގެ ތެރެއިން 165 ޒުވާނުން ވަނީ ވަޒީފާ ކަށަވަރުކޮށް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފައިކަމަށެވެ. މީގެއިތުރަށް ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމްވެސް ކުރިއަށް ގެންދާ ކަމަށާއި 150އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެ ވަޒީފާއަށް ދިއުމަށް އިތުރު ބާރަކަށް ވެފައިވާކަމަށް އަސްވާޑް ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ ވަޒީފާއަށް ޒުވާނުން ތައްޔާރު ކުރުމަށްވެސް އިތުރު މަސަައްކަތްތަކެއް ކުރައްވާ ކަމަށާއި 90 އަށްވުރެ ގިނަ ޒުވާނުންނަށް މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ކުރިއަށް ބާކީ އޮތް އަހަރުތަކުގެ ތެރޭގައި މާފާގަތި އަދި މާ ރަނގަޅުގޮތްތަކެއް ހޯދައިދެވި ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރެވޭނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: