ފާއިތުވި އެއް އަހަރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ޕީއެންސީގެ ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ މާލިއްޔަތަށް އަމާނާތްތެރިވުމާއެކު، ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް 2024 ވަނަ އަހަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަހަރުން އަހަރަށް ހަލުއިކޮށް ބޮޑުވަމުން އައި ހަރަދުތައް ކޮންޓްރޯލް ކޮށްފައިވާކަމަށެވެ. ފާއިތުވި ތިން އަހަރު އެވެރެޖުކޮށް ކޮންމެ އަހަރަކު 15 އިންސައްތައިން ދައުލަތުގެ ހަރަދުތައް އިތުރުވަމުންދިޔަ ނަމަވެސް ނިމުނު އަހަރާ އަޅާބަޅާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް އިތުރުވީ އެންމެ 2.5 އިންސައްތަ ކަމަށެވެ.
ހަރަދުތައް ކޮންޓްރޯލްކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ ޑެފިސިޓުވެސްވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވިފައިފާ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. މި އަހަރު ޖުމްލަ ބަޖެޓު ޑެފިސިޓުވަނީ 378 މިލިއަން ރުފިޔާއިން ކުޑަކޮށް 3.6 އިންސައްތަ ދަށްވެފައިކަމަށްޗެސް އެޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޕީއެންސީން ބުނެފައިވަނީ ކުރީ ސަރުކާރުން ބޭރުގެ ފަރާތްތަކުގެ މާލީ އެހީތެރިކަމުގައި ހިންގި މަޝްރޫއުތަކުގެ ހަރަދުތައް ރެކޯޑުނުކޮށް މި އަހަރުގެ ހަރަދުތަކުގެ ތެރެއަށް އެ ހަރަދުތައް ހިމަނަންޖެހުމުން ކުރިމަތިވި މައްސަލަތައް ހައްލުކޮށް ކޮންމެ ހަފްތައަކު އެއް ފަހަރު ދައުލަތުގެ ހަރަދުބަރަދާއި އާމްދަނީގެ ތަފްސީލުތައް މިހާރު ފިނޭންސް މިނިސްޓްރީން ދަނީ އާންމުކުރަމުންކަމަށެވެ. އެންމެ ފަހުން އެ ހަރަދުތައް އާންމުކުރީ މިމަހުގެ 7 ވަނަ ދުވަހު ކަމަށްވެސް ވަނީ ބުނެފައެވެ.
އާރްޓީއައިތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން އިހުމާލުވެފައި ނެތްކަން ތަފާސްހިސާބުތަކުން ފެންނަން އޮތް ކަމަށް ވަނީ ބުނެފައެވެ. ރައީސް އޮފީހަށް ހުށައަޅައިފައިވާ އާރްޓީއައިތަކުންވެސް އަންނަނީ އާރްޓީއައިތަކަށް ޖަވާބުދެއްވަމުން ކަމަށް ޕީއެންސީން ވަނީބުނެފައެވެ.ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުންވެސް އަންނަނީ އާރްޓީއައިތަކަށް ޖާވާބުދެމުން ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ޕީއެންސީން ބުނެފައިވަނީ ފާއިތުވި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖާވާބުދީފައި ނުވާކަމަށެވެ. ދައުލަތުގެ ކުންފުނިތަކުން އާރްޓީއައިއަށް ޖަވާބުދޭންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބުނުދީ ހިފަހައްޓާފައި އޮތް ކަމަށްވެސް ވަނީ ބުނެފައެވެ. ދައުލަތުގެ ކުްނފުނިތަކުން އާރްޓީއައިއަށް ޖަވާބުދޭންޖެހޭނޭކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބުނުދޭ ކަމަށް ވަނީ ބުނެފައެވެ. ދައުލަތުގެ ކުންފުނިތަކުން އާރްޓީއައިއަށް ޖަވާބުދޭންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބުނުދީ ހިފަހައްޓާފައި އޮތް ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ސިޔާސަތު ރައީސް ޑރ. މުއިއްޒު ވަނީ ނިމުމަކަށް ގެނެސްދެއްވާފައި ކަމަށް ވިދާޅުވިއެވެ.

