ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނާއި އޮޑިވެރިން ދަފުތަރުކުރުމަށް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނާއި އޮޑިވެރިން ދަފުތަރުކުރުމަށް ފެށައިފިއެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމާއި މަސްވެރިންނަށް ޚާއްޞަކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ނަފާ ސީދާ މަސްވެރިންނަށް ފޯރުކޮށްދޭނެ ވަސީލަތެއް ގާއިމް ކުރުންކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

ދަފުތަރެއް އެކުލަވާލައި ދަފުތަރު ކުރުމުގެ މަސައްކަތް ފަށައިގަތީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައެވެ. މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސް ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 80 އިންސައްތަ ވަނީ ދަފުތަރު ކުރެވިފައެވެ. އަދި 2260 އެއްހާ ފަޅުވެރިންވަނީ ދަފުތަރުކުރެވިފައެވެ.

މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ޤައުމީ ދަފްތަރު 16 ފެބްރުއަރީ 2024 ށ. ކޮމަންޑޫގައި ވަނީ އިފްތިތާހުކޮށްފައެވެ. މިގޮތުން މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

މަސްވެރިންގެ ދަފުތަރު އެކުލަވާލުމަށް ވުޒާރާގެ ޓިމުތައްވަނީ 14 އަތޮޅަކަށް ދަތުރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: