ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރިން އެމްޑީޕީ ވަކާލާތު ކުރީ އެންޓި ޑިފެކްޝަންގެ މާއްދާތައް ގާނޫނުއަސާސީގައި ހިމެނުމަށް: މަމްދޫހު 

ފުނަދޫ ދާއރިާގެ މެންބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އަބަދުވެސް ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކަށް ބަލައި، އަމިއްލަ މަންފާއެއް އިސް ކުރެވޭތޯ ބަލާ ޕާޓީއެއްކަމަށް ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް އިންތިހާބުވީ ސިޔާސީ ޕާޓީ ދޫކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ދެކޮޅު ހަދައި އެމްޑީޕީ ވަނީ އެ މާއްދާތައް ބާތިލު ކުރުމަށް ގޮވާލާފަ އެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް އެމްޑީޕީއާއި ޑިމޮކްރެޓްސް ވަނީ ތަދައްޚުލުވެފަ އެވެ.

ކޯޓަށް ހުށަހެޅުނު މައްސަލައާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ޕާޓީ ބަދަލު ކުރެވިގެން ނުވާނެކަމަށް ވަކާލާތުކޮށް އެންޓި ޑިފެކްޝަން ގާނޫނު މި އަހަރުގެ ކުރީކޮޅު ގެނައީ ވެސް އެމްޑީޕީކަމަށެވެ. އަދި ގާނޫނުއަސާސީއަށް އެންމެ ފަހުން ގެނެވުނު އިސްލާހު ބާތިލު ކުރުމަށް ހުށަހެޅުއްވި އަލީ ހުސެއިނަކީ މަޖިލިސް ތަޅުމުގައި ގާނޫނު ގެންނަން ފެންނަކަމަށް ތާއީދު ކުރި މެމްބަރެއްކަމަށް ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ އޭރު އަލީ ހުސެއިން ވެސް ހުށަހެޅުއްވީ އެންޓި ޑިފެކްޝަންގެ މާއްދާތައް ގާނޫނުއަސާސީގައި ހިމެނުމަށެވެ. އެކަމަކު މިއަދު އަލީ ހުސެއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިޔާސީ ގޮތުން ތަފާތު ފިކުރެއްގައި ހުންނެވުމުގެ ސަބަބުންކަމަށް ބެލެވޭކަމަށް މަމްދޫހު ވިދާޅުވިއެވެ.

އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ އޭރު 2018 ގައި ހިނގި ކަންތައްތަކާއި އެކީގައި ނިމިދިޔަ ވެރިކަމުގައި އޭރު އެންމެ އިސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި 2018 ގައި އެގެނެވުނު ބަދަލުތަކާއި އެކީގައި ކޯޓަށް މައްސަލައެއް ހުށަހެޅި.. ހުށަހެޅިގެން ދިޔައީ އެމްޑީޕީ އެންމެ އިސް ޕާޓީއެއްގެ ގޮތުގައި އޮވެ.. ހުށައެޅުނު ކަންތައްތަކަށް ރިއާޔަތް ކުރެވިގެން އެބޭފުޅުން ގަބޫލު ކުރި ގަބޫލު ކުރުންތަކާއި އެއްގޮތަށް ގާނޫނުއަސާސީއަށް ހަގީގަތުގައި މިއަދު ބަދަލު ގެނެވެނިގެން މިއުޅެނީ..

މަމްދޫހު ވިދާޅުވީ އެމްޑީޕީގެ އޭރުގެ ވިސްނުމާއި އިދިކޮޅަށް މިހާރު މަސައްކަތް ކުރަމުން ދަނީ ސިޔާސީ ހާލަތު ބަދަލުވެފައި އޮތުން ކަމަށެވެ.

މަމްދޫހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ، ދާއިރާގެ ރައްޔިތުން އިންތިހާބު ކުރާ ގޮތުގެ މައްޗަށް ދެމިތިބޭ ބަޔަކަށް ވާން ޖެހޭކަމަށެވެ. މަޖިލީހަށް މެމްބަރުން އިންތިހާބު ވަނީ ވެސް މަމްދޫހު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެ ޔަގީންކަން ދީގެންނެވެ. އެހެންކަމުން ރައްޔިތުން އެދޭ ގޮތް ކޮންގްރެސް ޕާޓީން ގާނޫނުއަސާސީގައި ހިމެނީކަމަށް މަމްދޫހު ވިދާޅުވިއެވެ.

މި ގެނެވުނު ބަދަލަކީ ހަމަގައިމު ވެސް އެމްޑީޕީން ގެންނަން ބޭނުންވި ބަދަލެއް.. އެހެން ނަމަވެސް ސިޔާސީ މަސްރަހު ބަދަލުވުމާއި އެކީގައި އެމްޑީޕީ އަނެއްކާވެސް އެކަމާ ދެކޮޅުވީ..

މީގެއިތުރުން މަމްދޫހު ވަނީ އެމްޑީޕީގެ ވެރިކަމުގައި އެންޓި ޑިފެކްޝަން ގާނޫނަށް ވެގެން ދިޔަ ގޮތް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ގާނޫނު އުވާލާނެކަމަށް ރިޔާސީ ވައުދުވެ، މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ހިފައި އެ ބަދަލު ގެނައުމަށް ފަހު ދައުރު ނިންމާލީ އަނެއްކާވެސް ގާނޫނު އިޔާދަކޮށްކަމަށް މަމްދޫހު ވިދާޅުވި އެވެ.

ގާނޫނު އުވާލުމަށް ފަހު، ވެރިކަން ނިމުމުގެ ކުރިން އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން ގެނައީ މަމްދޫހު ވިދާޅުވި ގޮތުގައި އެ ޕާޓީއަކީ އޭރަކު ސިޔާސީ މަސްރަހު އޮންނަ ގޮތަކަށް ކިރޭ ޕާޓީއަކަށް ވާތީއެވެ. އަދި އެ ޕާޓީއަކީ ވެރިކަމުގައި އޮވެ ދައްކާ ވާހަކައާއި، އިދިކޮޅުގައި ތިބެ ދައްކާ ވާހަކަތައް ވަރަށް ބޮޑުތަނުން ތަފާތުކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ގެނައި އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތައް ބާތިލު ކުރުމަށް 2018 ވެސް ކޯޓަށް ދިޔައީ އެމްޑީޕީ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި އަލީ ހުސެއިން ވެސް ހިމެނިވަޑައިގަންނަވަ އެވެ. 

ގޮނޑި ގެއްލުނުކަމަށް ބުނާ މަޝްހޫރު 12 މެމްބަރުންގެ މައްސަލަތަކެއް ވެސް އުފެދިގެން އައީ އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: