ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ.

ޕޯޗުގަލްގެ މަދޭރާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް ގާލާގައި ރާއްޖެއިން ވަނީ ގިނަ އެވޯޑްތަކެއް ހޯދާފައިއެވެ. އެގޮތުންް ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ހިންގާ މަންޒިލްތަކަށް ދޭ އެވޯޑް ލީޑިންގ ގްރީން ޑެސްޓިނޭޝަން އެވޯޑް ވަނީ ލިބިފައެވެެ.

ރާއްޖޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތައް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި އެ މަސައްކަތް ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ބަލައިގެންފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދެމުންއަންނަ ”ވޯލްޑް ލީޑިންގް ޑެސްޓިނޭޝން“ ވޯލްޑް ޖެހިޖެހިގެން 5 ވަނަ ފަހަރަށް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި އަހަރުގެ ކުރީކޮޅު ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި (އިންޑިއަން އޯޝަން ކެޓަގަރީ) ގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ދިވެހިެރާއްޖެއިން ވަނީ ހޯދާފައެވެ.

އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ ”އިންޑިއަން އޯޝަން ލީޑީޑިން ޑެސްޓިނޭޝަން އެވޯޑް“ އާއި ”އިންޑިއަން އޯޝަން ލީޑީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑް“ އާއި ”އިންޑިއަން އޯޝަން ލީޑީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް“ އާއި ”އިންޑިއަން އޯޝަން ލީޑީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް“ ވެސް ދިވެހި ރާއްޖެއަށް ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: