ކްލިކް ކޮމްޕިއުޓަރޒްއިން އަހަރު ނިމުމާ ގުޅިގެން ފާހަގަކޮށްލެވޭ ޚާއްޞަ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފިއެވެ. މި ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓުތަކެއް ހިމެނެއެވެ.
ކްލިކްގެ ފަރާތުން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ”އަހަރު ނިމުމުގެ ޚާއްޞަ ޑިސްކައުންޓް“ ޕްރޮމޯޝަން ފެށިފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ ”އިޔަރ އެންޑް އޮފަރ“ ގައި ވަރަށް ބޮޑު މިންވަރަކަށް އަގުހެޔޮކުރެވިފައިވާ މުދަލުގެ ތެރޭގައި 50 ބާވަތެއްގެ މުދާ ހިމެނެއެވެ. މި މުދަލުގެ ތެރެއިން ބައެއް ބާވަތްތަކަށް 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ލެޕްޓޮޕްތަކާއި ޑެސްކްޓޮޕް ޕީސީތައް ހިމެނެއެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވެނީ، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރު މައިކްރޯސޮފްޓް ސަރފެސް ލެޕްޓޮޕްތައް 40 އިންސައްތައާ ގާތްކުރާ މިންވަރަކަށް އަގުހެޔޮކޮށް ލިބެން ހުރިކަމެވެ.
މީގެ އިތުރުން، މަޝްހޫރު ގެލެކްސީ ޓެބްލެޓްތަކާއި، ލެނޯވޯ ބްރޭންޑުގެ ލެޕްޓޮޕްތަކުގެ އިތުރުން ފުޖިޓްސޫ އަދި އޭސަރ ބްރޭންޑުގެ އުފެއްދުންތައްވެސް މި ޕްރޮމޯޝަންގެ ދަށުން އަގުހެޔޮކޮށް ލިބެން ހުންނާނެއެވެ.
ކްލިކް އަކީ އައިޓީއާ ގުޅޭ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭނެ އަދި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ތަނެކެއެވެ. ކްލިކް ކޮމްޕިއުޓާސް އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނާއި ވީހާވެސް ގާތުން ކޮލިޓީއަށް އެއްވެސް ބަދަލެއް ނައިސް އަގުހެޔޮ ކޮމްޕިއުޓާރ ސާމާނުތައް ފޯރުކޮށްދިނުމަށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

