ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރަން ދިއުމުން އަލަމާރިއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް!

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

އަގުބޮޑު ފޯނުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތު ކުުރެވޭ މައްސަލައެއްގައި އުމުރުން 33 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށް 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތުު ހަމަވާނީ 12 ޑިސެމްބަރު 2024 ގައެވެ.

ކޯޓު އަމުރުގައިި ބުނެފައިވާ ގޮތުން އޭނާ ވަނީ ގެއަކަށް ދަންވަރު ވަދެ، އެގޭގައި ހުރި އަގުބޮޑު ފޯނުތަކެއް ވަގަށް ނަގާފައެވެ. އެގޮތުން ގޭތެރޭގައި އޭނާ ޙަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް ހުށަހެޅިފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރަން ދިޔައިރު އޭނާ އޮތީ އެވަގުތު އޭނާ ހުރި ގޭގެ އަލަމާރި ތެރޭގައި ބޮލަށް ކަޅު ކޮތަޅެއް ލައްވައިގެންކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެގޮތުން އޭނާއަކީ މި ބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި، މީގެ ކުރިންވެސް 45 ފަހަރު މިފަދަ ކުށްތަކުގައި އޭނާ ހައްޔަރުކޮށްފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ ސޮފްވަތު ޙަބީބެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: