ރަޝިއާއިން ޔޫކްރޭންގެ އެނަރޖީ ނެޓްވޯކްތަކަށް އަމާޒުކޮށް ދިން ޙަމަލާއާއެކު އެ ޤައުމުގެ މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ޔޫކްރޭންގެ ވެރިރަށް ކީވްގެ ކަމާބެހޭ އިދާރާތަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ހުރިހާ މިސައިލްތަކެއް ހުއްޓުވިފައިވީނަމަވެސް ބައެއް ސަރަޙައްދުތަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.
އޭގެ ތެރޭގައި ބައެއް އިމާރަތްތަކާއި އާންމުންގެ ގެއެއްގެ އިތުރުން ބައެއް އިތުރު ސަރަޙައްދުތަކަށް ގެއްލުންވެފައިވެއެވެ.
އޭގެ އިތުރުން، ދެމީހަކަށް ސިއްޙީ ފަރުވާވެސް ފޯރުކޮށްދޭން ޖެހިފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން ރަޝިއާއިން ޔޫކްރޭނަށް އަމާޒުކޮށް 188 ޙަމަލާ ފޮނުވާލާފައިވެއެވެ. އޭގެ ތެރެއިން ކަރަންޓު ފޯރުކޮށްދޭ ބައެއް ތަންތަނަށް ލިބުނު ގެއްލުމާއެކު، ޔޫކްރޭންގެ މިލިއަނަކަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފައިވެއެވެ.
ރަޝިއާ ޔޫކްރޭން ހަނގުރާމައަށް އަހަރުތަކެއްވަމުންދާއިރު، ދާދި ފަހުންވެސް ރަޝިއާއިންވަނީ ޔޫކްރެއިންގެ އިތުރު ބިންތަކެއް އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

