ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނާއި ގުޅޭ ކަންކަމުގައި ފައިސާ ނެގި އިމިގްރޭޝަން ފަސް އޮފިސަރެއްގެ މައްސަލަ ބަލަނީ!

ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދަނީ/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ގާނޫނާއި ގަވައިދާ ހިލާފަށް ބިދޭސީންނާއި ގުޅުން ހުރި ބައެއް ކަންކަމުގައި ފައިސާ ހޯދަމުންދާކަމުގެ ޝަކުވާ ލިބި އެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގައި ގަވައިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް އެތަކެތި ވިއްކަމުން ދިޔަ މީހުންނާއި، ގާނޫނާއި ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ މީހުން އަދި ސްޕާތައް ހިންގާ މީހުން ހިފެހެއްޓުން ހިމެނެ އެވެ. އަދި މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ކުރަމުންދާ ބިދޭސީންނާއި، މާލޭގެ އެކި ސަރަހައްދުތަކުގައި ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާ މީހުން ފާހަގަކުރެވެ އެވެ.

މި މަސައްކަތްތައް ކުރިޔަށް ދަނިކޮށް، އިމިގްރޭޝަންގެ ފަސް މުވައްޒަފެއް ބިދޭސީންނާއި ގުޅުން ހުރި ކަންކަމުގައި ފައިސާ ނަގަމުން ދާކަމުގެ މައުލޫމާތު ހާމަކުރެއްވީ އިހުސާނެވެ.

މި މައްސަލައިގައި އިހުސާން ވިދާޅުވީ ޔުނިފޯމު އެޅި މުވައްސަސާތަކުގެ ތެރޭގައި، ޔުނިފޯމުގެ ހުރުމަތް ކަނޑުވައި އާންމުންގެ ކުރިމަތީ އެތަނެއްގެ އަގު ވައްޓާލާ ބައެއްގެ މެދުގައި އެންމެ ހަރުކަށި ފިޔަވަޅު މި ސަރުކާރުން އަޅާނެކަމަށެވެ. ޔުނިފޯމް އެޅި މުވައްސަސާތަކުގައި މަސައްކަތް ކުރާ ބައެއް އޮފިސަރުންގެ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ވެސް ކުރިޔަށް ދަނިކޮށް އިހުސާން ވިދަޅުވީ އިމިގްރޭޝަނުގެ ފަސް މުވައްޒަފެއް ގާނޫނާއި ގަވައިދާ ހިލާފަށް ބިދޭސީންނާ ގުޅުން ހުރި ބައެއް ކަންކަންކޮށް ނަހަމަ ގޮތުގައި ފައިސާ ނަގަމުން ދާކަމުގެ މައުލޫމާތު ލިބި އެ މައްސަލަ ބަލަމުންދާކަމަށެވެ.

މިއީ މައްސަލައިގެ ވަރަށް ކުރީކޮޅުކަމަށް ވާތީ ތުހުމަތުވާ އެއްވެސް އޮފިސަރެއްގެ މައްޗަށް ފިޔަވަޅު އަޅާފައި ނުވެއެވެ. އެހެން ނަމަވެސް އެ މީހުން ދިރިއުޅޭ ތަން ބަލައި ފާސްކޮށް، އޮފިސަރުން ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނު ވަނީ ހިފަހައްޓާފަ އެވެ.

އިހުސާން ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ވަރަކުން ފުލުހުންނާއި ކަމާއި ބެހޭ އިދާރާތްތައް ގުޅިގެން މައުލޫމާތު ހާމަ ކުރަމުންދާނެ ކަމަށެވެ.

ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައިތިބެ ޔުނިފޯމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރުގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާކަމެއް. މިގޮތުން މޯލްޑިވްސް އިމިގްރޭޝަން ގެ 5 މުވައްޒަފުން ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއްކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މަޢުލޫމާތުލިބުމުން ފުލުހުންމެދުވެރިކޮށް އެމައްސަލަދަނީ ތަހުގީގު ކުރެވެމުން. މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެކަންކަމެއްނޫން.

ދައުލަތުގެ މުވައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އިހުސާން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ތަކުރާރުކޮށް އިހުސާން ވިދާޅުވީ ޔުނިފޯމް އެޅި މުވައްސަސާއެއްގެ އޮފިސަރުންގެ ފަރާތުން ފެންނަ މިފަދަ އަމަލުތަކަށް ވަގުތުން ފިޔަވަޅު އަޅާނެކަމަށެވެ.

އެންމެ ފަހުން ފެންމަތިވި މުވައްސަސާތަކުގެ މައްސަލަތަކުގެ ތެރޭގައި މާފުށީ ޖަލަށް ވަގަށް ތަކެތި ވެއްދުމަށް ކުށްވެރިންނާއި ގައިދީންނަށް އެހީތެރިވެގެން 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދިކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަން އޮފިސަރުންގެ މައްސަލަ ހިމެނެ އެވެ. މި މައްސަލައިގައި ކަރެކްޝަނުގެ ފަސް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

މީގެއިތުރުން ބައެއް މުވައްސަސާތަކުގެ އެތެރޭގައި އޮންނަ ކަލަބްތަކުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތިވެފަ އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ޑީޕޯޓު ކުރި ބިދޭސީންގެ އަދަދު ފަސް ހާހަށް އަރައެވެ.

ސަރުކާރުން ފެށި މި ޕްރޮގްރާމްގެ ތެރެއިން ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ތަންތަން ވެސް ބަލައި ފާސްކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: