ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލަތެއް ނެތި ފައިސާ ޗާޕުކޮށް، އެމްޑީޕީގެ ސަރުކާރަށް އުފެއްދުނު އެއްވެސް އެސެޓެއް ނެތް: މުނައްވަރު

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަހުމަދު މުނައްވަރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕު ކުރަން ޖެހޭ ހާލަތެއް ނެތި ފައިސާ ޗާޕު ކުރުމަށް ފަހު އެމްޑީޕީގެ ފަސް އަހަރުގެ ސަރުކާރަށް އުފެއްދުނު އެއްވެސް އެސެޓެއް ނެތްކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މީޑިއާތަކުގެ ސުވާލަށް މުނައްވަރު ވިދާޅުވީ ފޮރިން އެކްސްޗޭންޖު ގާނޫނެއް ނެތް، ނުވަތަ ގަވައިދުތަކެއް އެކުލަވާލާއި އެއަށް އަމަލު ނުކުރާ ގައުމެއް ނޯންނާނެކަމަށެވެ. މުނައްވަރު ވިދާޅުވީ ރާއްޖޭގައި މެކްރޯ މައްސަލަތަކެއް ހުރިކަން ގަބޫލު ކުރާކަމަށާއި އެހެން ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ޗާޕު ކުރި 08 ބިލިއަން ރުފިޔާއަކީ އޭގެ ކުރީގެ ސަރުކާރުތަކާއި ނުބައްދަލު އަދަދެއް ކަމަށެވެ.

މުނައްވަރު ވިދާޅުވީ ފައިސާ ޗާޕު ކުރުމުގެ ބަހަނާއެއްގެ ގޮތުން، ނުވަތަ އެ ފިޔަވަޅު އަޅަން ޖެހުނީ ކޮވިޑު-19 ގެ ސަބަބުންކަމަށް ބުނި ނަމަވެސް އެއީ 2020، 2021 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ބަލިމަޑުކަމެއް ކަމަށެވެ. އެކަން ފާހަގަކޮށް މުނައްވަރު ސުވާލު ސުވާލު އުފެއްދީ އޭގެ ޖެހިގެން އައި ދެ އަހަރު ފައިސާ ޗާޕު ކުރަން ޖެހުނީ ކީއްވެތޯ އެވެ.

މުނައްވަރި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއްވެެގެން ދިޔައީކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އެއްވެސް ބަހަނާއެއް ދައްކައި ފައިސާ ޗާޕުކޮށްފައި ނުވާނެކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މުނައްވަރު ވިދާޅުވީ މިވަގުތު ހުރި އެކި ގޮންޖެހުންތައް ހައްލު ކުރުމަށް ކަމަށެވެ.

ދަރަނި މެނޭޖު ކުރުން ނޫން ގޮތެއް ނެތްކަން ފާހަގަކޮށް މުނައްވަރު ވިދަޅުވީ، ކުރިޔަށް އޮތް ދެ އަހަރުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ނަގާފައި ހުރި 500 މިލިއަން ޑޮލަރާއި އެކު ވެސް ކުރީ ސަރުކާރުގެ އެއްވެސް އެސެޓެއް ނެތުމެވެ. މުނައްވަރު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރަށް އުފެއްދުނު އެއްވެސް އެސެޓެއް ނެތްކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ސަރުކާރަށް އިތުރު ދަިތައް ދިމާވާނަމަ ދާނީ އުނދަގޫ ހާލަތަކަށްކަމުގައި ފާހަގަކުރެއްވި އެވެ.

އެހެންވީމަ އަޅުގަނޑުމެން އައިއިރު، މި ސަރުކާރު އައިއިރު، އަޅުގަނޑު އެމްއެމްއޭއާއި ހަވާލުވިއިރު އައި އިރާދަކުރެއްވިއްޔާ ނެތް ލާރިޖަހާފައެއް.. އެބައޮތްތޯ ލާރި ޖަހާފައެއް.. އަޅުގަނޑުމެން މިދަނީ މަލްޓްރި ޕޮލިސީގެ، އެންމެ ބޮޑު ޗެލެންޖަކަށް މަލްޓްރި ފައިނޭންސް ހުއްޓުވުމަށް.. އެހެންވީމަ ފާހަގަކުރެއްވި ގޮތަށް އަޅުގަނޑު އެކްނޮލެޖު ކުރަން. ދަރަނިތަކުގެ ތެރެއިން ހަމަ އަޅުގަނޑުމެން ދަރަނި މެނޭޖު ކުރަން އެބަޖެހޭ.. އިތުރަށް ދެމެހެއްޓެނިވި ކުރަން އެބަޖެހޭ.. ހަމައެއާއި އެކު އަޅުގަނޑުމެންނަށް ނެކްސްޓް ޓޫއިއާޒްގެ ތެރޭގައި އެންމެ ބޮޑަށް ދިމާވާކަމަކީ ކޮބައިތޯ.. 500 މިލިއަން ޑޮލަރެއް ނަގާފައި މިހުރީ، އަޅުގަނޑުމެންނަށް އެއްވެސް އެސެޓެއް ފެނޭތޯ.. މިދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް އެސެޓެއް ކްރިއޭޓުވެފައި ނެތް..

މުނައްވަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ދަރުމަވަންތަ ހޮސްޕިޓަލް އިންވެސްޓު ކުރީ ސަނީ ސައިޑް ބޮންޑުންކަމަށެވެ.

މުނައްވަރު ވިދާޅުވީ ދެ އަހަރު ފަހުން ފައިސާ ދައްކަން ޖެހޭއިރު، ރިޒާވްގައި އެ އަދަދު ނެތް ނަމަ މައްސަލަތައް ނިކުންނާނެކަމަށެވެ.

ވަރަށް އެހެން ކަހަލަ ސިޗުއޭޝަނަކަށް ގޮސްދާނެ، ޑިފޯލްޓު ސިޗުއޭޝަނަކަށް ގޮސްދާނެ..

ރިޒާވް އިތުރު ކުރުމަކީ ގާނޫނީ ގޮތުން ވެސް އެމްއެމްއޭއަށް އޮތް ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ރިޒާވް އޮތީ ޕެސިވްކޮށް ސަރުކާރަށް އެކަނިކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން ޖުމްލަ 08 ބިލިއަން ރުފިޔާ ޗާޕު ކުރި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، މާލިއްޔަތު އަޑި ނޭނގޭ ފުން އަނދަވަޅަކަށް ވެއްޓުނީ ހައްދެއް ނެތި މިދިޔަ ފަސް އަހަރު ފައިސާ ޗާޕު ކުރުމުގެ ސަބަބުންކަމަށެވެ. ރައްޔިތުންނަށް މަންފާވާ އެއްވެސްކަމެއް ލޯނު ނަގައިގެން ކުރެވުނުތޯ ސުވާލު އުފައްދަވައި ރައީސް ވިދާޅުވީ، ފައިސާ ޗާޕު ކުރުމުގެ ހިތި މި ސަރުކާރުން ގަބޫލު ކުރާކަމަށެވެ. އެހެންކަމުން ފައިސާ ޗާޕުކޮށް ފަސޭހަ މަގެއް އިހުތިޔާރު ކުރަން ބޭނުން ނުވާކަމަށާއި، ކައިރި ގައުމުތަކުން މިސާލު ނަގައި ބޭނުން ވަނީ ދެމެހެއްޓޭނެ އިގްތިސާދެއް ގެނައުމަށްކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: