ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މަސައްކަތްކުރަނީ ގައުމު ހަލަބޮލިކުރަން، އެކަމަށް ފުރުސަތު ނުދޭނަން: ޝުޖާއު

ބާރަށު ދާއިރާގެ މެމެބަރ އިބްރާހީމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ގާނޫނުއަސާސީގެ ވާހަކަތައް މިއަދު ދައްކަމުންދަނީ ގައުމު ހަލަބޮލިކޮށްލުމުގެ ނިޔަތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެމްބަރުން ޕާޓީ ބަދަލުކުރުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމާއިއެކު އެމްޑީޕީއިން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މުޒާހަރާއަކަށް ނިކުތުމަށް ތައްޔާރުވަމުންނެވެ. އެ ޕާޓީއިން ޕީއެންސީއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝުޖާއު ވަނީ އެ ޕާޓީއިން ރާއްޖޭގެ މަސްލަހަތު ނަގާލައި އަމާންކަން ގެއްލުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ.

ނަމަވެސް އެ އަމާޒުގައި ކުރަމުންދާ މަސައްކަތްތައް ކާމިޔާބުނުވާނެކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ކުރިން އެޕާޓީއިން ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އަލިފާން ބޯޅަ އުކައި ފުލުހުންގެ މޫނަށް މިރުސް ފެން ޖަހައި ހަދާފައިވާކަމަށާއި ހުޅުވެސް ޖެހިކަމަށެވެ. އެހެންކަމުން އެ ދުވަސްތައް އަލުން އިޔާދަކުރުމަށް މަސައްކަތްނުކުރަން ޝުޖާއު އިލްތިމާސްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަކަށް ދެން އެކަން ނުކުރެވޭނެކަމަށެވެ.

މެމްބަރު ވިދާޅުވީ، ގާނޫނުއަސާސީ އާއި ހިލާފަށް ޕީއެންސީގެ ސަރުކާރުން ކަމެއް ކޮށްފައިވާނަމަ އެ މައްސަލަ ހުށައަޅާނީ ކޯޓަށްކަމަށާއި އެމްޑީޕީއިން މަގުމަތީގައި ކޯޓު ހަދައިގެން އުޅުން ދުވަސްވަރު މާޒީވެ ހިނގައްޖެކަމަށެވެ. އަދި މީގެ ކުރިން އެ ޕާޓީއިންވަނީ ރާއްޖެއަށް ބިލިއަން ޑޮލަރުގެ މަޝްރޫޢުތައް އަންނަން ފެށިވަގުތު މަގުތައް މައްޗަށް ނުކުމެ ގައުމު ހަލަބޮލިކޮށްފައިކަމަށާއި އެ ފުރުސަތުތަކުން ދިވެހިން މަހުރޫމްކޮށްލިކަމަށެވެ. އޭނާ ވިދާޅުވީ، އޭރު ކަންކަން ކުރިގޮތަށް މިއަދު ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: