ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ނުދީގެން މަންމައަށް ވަޅިން ޙަމަލާދޭނެކަމަށް ބުނި މީހާގެ ބަންދަށް 7 ދުވަސް

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

މަންމައަށް ވަޅިން ޙަމަލާދޭނެކަމަށް ބުނި ޒުވާނަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު ހަތިޔާރުން ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ އިންޒާރު ދީފައިވަނީ އޭނާގެ މަންމަ އަދި ކޮށްކޮއަށެވެ. އެގޮތުން މަންމައާއި ކޮށްކޮއަށް ވަޅިން ޙަމަލާދޭނެކަމަށް ބުނެ އިންޒާރު ދިންކަމަށް ތުހުމަތު ކުރެވިފައިވާއިރު، އޭނާގެ ކޮޓަރި ތެރެއިން 2 ވަޅިވެސް ފެނިފައިވެއެވެ.

އޭގެ އިތުރުން، އިންޒާރު ދިނުން ގުޅިފައިވަނީ އޭނާ ބުނެގެން ފައިސާ ނުދީގެންކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: