ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ހަވާލުވިއިރު ގިނަ އަދަދެއްގެ ފުލުހުން ތަމްރީނު ފުރިހަމައެއް ނުުކުރޭ: އިޙްސާން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ހަވާލުވިއިރު 1000 އާއި ގާތްކުރާ އަދަދަކަށް ފުލުހުން ތިބީ ތަމްރީނު ފުރިހަމަނުުކޮށް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ފުލުހުންނަށް ބޭނުންވާ ތަމްރީނު އެކަށީގެންވާ ގޮތެއްގައި ދެވިފައިނުވުމުގެ ސަބަބުން، އެކި ހާދިސާތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު އަނިޔާ ލިބިފައިވެއެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ހާލަތާ ގުޅޭގޮތުން އަނިޔާ ނުލިބޭނެ ގޮތަކަށް މަސައްކަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު 560 ފުލުހުންނަށް ތަމްރީނު ދެމުންދެއެވެ. އަދި ސަރުކާރުގެ އަމާޒަކީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ތަމްރީނު ނުލިބި ތިބި ހުރިހާ ފުލުހުންނަށް ތަމްރީނު ފުރިހަމަކޮށް ނިންމުމެވެ.

ޖަލުގައި ތިބޭ ފަރާތްތަކަށް އަނިޔާ ދޭ ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، މިއަދުގެ ސަރުކާރުން އެފަދަ އަނިޔާއެއް ދޭ ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށާއި، އެފަދަ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށެވެ. ނަމަވެސް، ޖަލުގައި މީހުން ނިޔާވި މައްސަލަތައް ފާހަގަކުރެވިފައިވާތީ، ޖަލު ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން، މިހާރު ކޮންމެ 10 މިނެޓަކުން ޤައިދީންގެ ހާލު ބަލަމުންދާ ކަމަށާއި، ޖަލުގެ ހުރިހާ ސަރަޙައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ގަވާއިދުން މޮނިޓަރކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ފަރާތްތަކާމެދު އޯގާތެރިކަމާއެކު ޢަމަލުކުރެވޭނެ ކަމަށް މިނިސްޓަރ ޔަޤީންކަން ދެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: