ޔޫކްރޭނާއެކު ތިބިކަން އަންގައިދިނުމަށް އީޔޫގެ އިސް އޮފިޝަލުންތަކެއް އެ ޤައުމަށް ވަޑައިގެންފިއެވެ.
ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޔޫރޮޕިއަން ކައުންސިލުގެ ރައީސް އެންޓޯނިއޯ ކޮސްޓާ އަދި އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލާސް މިހާރު ވަނީ ޔޫކްރޭންގެ ވެރިރަށް ކީވްއަށް ވަޑައިގެންފައެވެ.
ރިޕޯޓުތައް ބުނާގޮތުން މި ދަތުރުފުޅަކީ ރަޝިއާއާ ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އީޔޫއިން ޔޫކްރޭނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔޫރޮޕިއަން ކައުންސިލުގެ ރައީސް ކޮސްޓާ ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އީޔޫ އޮތީ ޔޫކްރޭނާ އެކު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޔޫކްރޭނާއެކު ތިބޭނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.
މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީޔޫއިން ވަނީ 133 ބިލިއަން ޑޮޮލަރުގެ އެހީ ޔޫކްރޭނަށް ފޯރުކޮށްދީފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ސީދާ ފައިސާގެ އެހީ ލިބިދާނެކަމާމެދު ގިނަ ފަރާތްތަކުން ދަނީ ސުވާލުވެސް އުފައްދަމުންނެވެ.

