ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު މިނިސްޓްރީގެ ރިޕޯޓުތައް ގަވައިދުން އާންމުކުރާނެ: ޒަމީރު

ފޮރިން މިނިސްތަރ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިިނިސްޓްރީއިން ހިއްސާކުރާ އެއްވެސް ރިޕޯޓެއް މިހާރު ގަވައިދުން އާންމު ނުކޮށް ނުދާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރު ޒަމީރު ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި ޕަބްލިކް އެކައުންޓުގެ ރިކޯންސިލިއޭޝަން މަަސައްކަތްތަކުގެ ތެރެއިން ހަރަދުތައް ރެކޯޑުކުރުމުގެ މައްސަލައެއް ފާހަގަކުރެވުނުކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ލޯނުން ހިންގާ މަޝްރޫޢުތަކުގެ ފައިސާ ދޫކުރުމުގެ އެކައުންޓިންގް ސިސްޓަމުގައި ރިކޯޑުކުރުމުގައި މިނިސްޓްރީއިން ގެންގުޅެމުންދިޔަ އުސޫލުތަކާއި ހުރި މައްސަލަތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ހަރަަދުތައް މި އަހަރުގެ ބަޖެޓުގައި ރިކޯޑުކުރެވިފައިވާކަމަށެވެ. އަދި އާންމުކުރަމުންދިޔަ ރިޕޯޓުތައް ޕަބްލިޝްކުރުން ހުއްޓާލަންޖެހުނީ މި ސަބަބުތަކާއި ގުޅިގެންކަމަށެވެ.

ޒަމީރު ވިދާޅުވީ، މިކަމުގައި ހައްލެއް ހޯދުމަށްޓަކައި އޮޑިޓާރ ޖެނަރަލްގެ ލަފާ ހޯދާފައިވާކަމަށާއި މިނިސްޓްރީއިންވަނީ މިފަދަ ކަމެއް އިތުރަށް ދިމާނުވާނެ ގޮތަށް އުސޫލުތައް ކަނޑައަޅައި އެގޮތުގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދަން ފަށާފައިކަމަށެވެ. އަދި މިހާރު މިނިސްޓްރީއިން ހިއްސާކުރާ އެއްވެސް ރިޕޯޓެއް ގަވައިދުން އާންމު ނުކުރެވި ނުދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އޮކްޓޫބަރު މަހުގެ ތެރޭގައި އެ މަސައްކަތްތައް ފަށާފައިވާކަމަށާއި އެންމެ ފުރަމަވެސް މަގާމާއި ހަވާލުވެވަޑައިގެން ކުރެއްވިކަމަކީ އޮޑިޓާރ ޖެނެރަލްގެ ލަފާއެއް ހޯދުންކަމަށެވެ. ރިޕޯޓުތައް އާންމުކުރުމުގެ މަސައްކަތްތައް އަލުން ފެށީ އެ ލަފާގެ މަތިންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ހަފްތާ ނިމުމާއިއެކު އަންނަ ހަފްތާގެ އަންގާރަ ނުވަތަ ބުދަ ދުވަހުގައި ހަފްތާގެ ހިސާބުތަކުގެ ރިޕޯޓުތައް އާންމުކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: