ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަނުޖެހުމާއި އަނިޔާވެރިކަމަށް ގޮވާލުން ބަލައެއް ނުގަނެވޭނެ: ހަލީލް

ކުރީގެ ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަަމަނުޖެހުން އުފެއްދުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕޯޑިއަމްތަކުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު އަމީން އާއި ގުޅުވައި ދައްކަމުންދާ ވާހަކަތަކަށް އަލިއަޅުވައި މިނިސްޓަރު ހަލީލްވަނީ ނުރުހުން ފާޅުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހަމަނުޖެހުމާއި އަނިޔާވެރިކަމުގެ އަމަލުތައް ހިންގުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ރައީސް މުއިއްޒުގެ ފުރާނަ ނަގާލުމަށް ބާރުދޭ ފަދަ ވާހަކަތައް ސިޔާސީ ޕޯޑިއަމްތަކުގައި އިވެމުންދިއުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ހަލީލް ވިދާޅުވީ، މި ވާހަކަތައް އެމްޑީޕީގެ ލީޑަރުންގެ ފަރާތުން އިވިގެންދިއުމަކީ ހައިރާންކުރުވާފަދަ ކަމެއް ކަމަށާއި އެއީ  ބިރުވެރިކަން އާލާކުރާ އަމަލުތަކެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެމްޑީޕީގެ ލީޑަރޝިޕަށް ބަދަލުތައް އަންނަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި އެ ޕާޓީއަށް ޒިންމާދާރު ލީޑަރުން ބޭނުންވާކަމަށެވެ. ހަލީލް ވިދާޅުވީ، އެ ޕާޓީއަށް ބޭނުންވަނީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ހަގުތަކަށް ވަކާލާތުކޮށް އިހުތިރާމްކުރާ ބައެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: