ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ލިޔެކިއުންތަކަށް އަސަރެއް ނުކުރާނެ: މިނިސްޓްރީ

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންއަންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ލިޔެކިއުންތަަކަށް އަސަރެއް ނުކުރާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީއާއި ކޮސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަރމެންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތްތުގައި އަލިފާން ރޯވެފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު އެތަން ނިންވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމށެެވެ. އަދި މި ހާދިސާގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.

މީގެ އިތުރުން މި ހާދިސާއާއި ގުޅިގެން އެ މިނިސްޓްރީއިން ކުރައްވަމުންގެންދަވާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މަޢުލޫމާތާއި ލިޔެކިއުންތަކަކީ އެ މިނިސްޓްރީގެ ކްލައުންޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތެއްކަމަށްވާތީ، އަލިފާނުގެ ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެންހުރި ކަންކަމާއި ގުޅޭ ގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރައްވަމުންދާ ކަމަށް ވަނީ މައުލޫމާތު ދެއްވައިަފއެވެ. އަދި އިތުރު ތަފްސީލް އާންމުންނަށް ހިއްސާކުރައްވަމުންދާނެ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: