ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން އަސަރު ކުރި ފަރާތްތަކަށް ސައިކޮލޮޖިކަލް އެހީތެރިކަން ފޯރުކޮށްދެނީ!

އަލިފާނުގެ ހާދިސާ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ، މިއަދު ހިނގާ ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން އަސަރު ކުރި ފަރާތްތަކަށް ސައިކޮލޮޖިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް މި އެ ވުޒާރާއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއެކު ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅުއްވައި ނުވަތަ ސޯޝަލް ސެންޓަރަށް ވަޑައިގަތުމަށް ވަނީ އެދިފައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން 50 އަށްވުރެ ގިނަ މީހުންނަށް ވަނީ އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެފަރާތްތައް ވަނީ އެ ހާދިސާ ހިނގައި ދިޔަ ވަގުތު، ސޯޝަލް ސެންޓަރަށް ވަގުތީ ގޮތުން ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: