ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތީ މަޝްރަހަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވޭ: ޣައްސާން

ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް ތައާރަފްވަމުން ދާ ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތީ މަޝްރަހަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމުގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމު ގޮތުން ބާއްވާ ސައިބަރ އެކްސްޕޯ 2024 ގައި ވާހަކަފުޅު ދައްކަވަމުން ޢައްސާން ވިދާޅުވީ، ތަރައްގީވަމުން އަންނަ ބައިނަލް އަގްވާމީ މުޖުތަމައުއެކޭ އެއްފަދައިން ރާއްޖޭގައިވެސް ވިޔަފާރީގެ މުއާމަލާތްތަކާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ޒާތީ  ދިރިއުޅުމުގެ ކަންކަމަށް ޓެކްނޮލޮޖީ ޕްލެޓްފޯމްތަކަށް ބަރޯސާވުން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން، ވަޒީރު ވިދާޅުވީ، ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަ ވެގެން ގޮސްފައިވާ ކަމަށާއި ނަމަވެސް އެފަދަ ފަސޭހަތައް ލިބިގެންދާއިރު އަލަށް ތައާރަފްވަމުން ދާ ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތީ މަޝްރަހަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ.

ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން

ރައްޔިތުންގެ ޒާތީ މައުލޫމާތުތުތައް ހޯދައި، އެ މައުލޫމާތުތައް ނުރަނގަޅު ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ގެއްލުން ލިބޭ ފަދަ ހާލަތްތައް ކުރިމަތިކުރުމުގެ ފުރުސަތުތައް ގިނަވެގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެހެން ގައުމެއްގައި ތިބެގެންވެސް މުއައްސަސާތަކުގެ މަސައްކަތްތައް ހުޓުވުމަށް ފުރުސަތު ހުޅުވާލެވިގެންދާކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެ ސަބަބުތަކާ ހުރެ އާންމު މުޖުތަމައު ތެރޭގައި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ވުޒާރާތަކާއި ރައްޔިތުންގެ ހިމާޔަތްތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެފަދަ ކަންކަން ހަރުދަނާ ކުރުމަށް ސައިބަރސެކިއުރިޓީ އޭޖެންސީއެއް އުފައްދާފައިވާކަމަށާއި ސައިބަރ އެކްސްޕޯގެ ސަބަބުން ސައިބަރ ޑޮމެއިންގައި ދިމާވެދާނެ ނުރައްކާތެރިކަމާއި ގޮންޖެހުންތައް ފަސޭހައިން ދެނެގަނެވި ސައިބަރ ކްރައިމްތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: