ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަގާމު ހުސްވެފައި ވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ކުރި އިއުލާނު ބާތިލުކޮށް އަލުން ހުޅުވާލައިފި އެވެ.

މި މަހުގެ 8 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ، އޭސީސީގެ ހުސްވެފައިވާ ދެ މަގާމަކަށް ކުރިމަތިލުމަށެވެ. އެހެން ނަމަވެސް މުއްދަތު ހަމަވީ ފަހުން، ކުރީގެ އިއުލާނު ބާތިލުކޮށް މި މަހުގެ ނިޔަލަށް ފުރުސަތު ވަނީ އަލުން ހުޅިވާލާފަ އެވެ.

އޭސީސީގެ ދެ މަގާމެއް ހުސްވެފައި ވަނީ، ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނެވި އަބްދުއްސަލާމާއި، މެމްބަރު ތޯހާ މުހައްމަދު އިސްތިއުފާ ދިނުމުންނެވެ.

ދެބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، ނުފޫޒު ފޯރުވުމާއި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ދެ މެމްބަރުން ވެސް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: