ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ބަލައި ގޮތެއް ނިމެންދެން ފަޒުލްއާއި އެޗްޑީސީ ބޯޑު މެމްބަރުން ސަސްޕެންޑުކޮށްފި

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު --- - ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ވެރިފައި ކުރުމެއް ނެތި ގޯތި ދޫކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެމްބަރުން ސަސްޕެންޑުކޮށްފިއެވެ.

އެކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ. އެގޮތުން ޕީސީބީން ކުރި އިއުލާނެއްގައި ބުނީ، އެޗްޑީސީއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ، ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕީސީބީން ވަކި ގޮތެއް އަންގަންދެން އެ ކުންފުނީގެ ޗެއަރމަން އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން މިހާރުން ފެށިގެންް ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޕީސީބީން ވަކި ގޮތެއް އަންގަންދެން ފަޒުލްވެސް ސަސްޕެންޑުކޮށް، އޮފީހަށް ނުނުކުމެވޭ ގޮތަށް ވަނީ އަންގާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ސްކީމްގެ ގޯތީގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވީ ބުދަ ދުވަހު އެވެ. އަދި މީޑިއާތަކުން އެ ހަބަރު ރިޕޯޓުކޮށްފައި ވަނިކޮށް ކުންފުނީގެ އިމާރާތުގެ ތެރެއަށް ތަހުގީގަކަށް ފުލުހުން ވަނެވެ.

މަައްސަލައިގައި ބޭއްވި ކުއްލި ޕްރެސްއެއްގައި ފަޒުލް ވިދާޅުވީ ހުޅުމާލެއިން ދިން ގޯތިތަކުގައި އިމާރާތް ކުރަން ހުއްދައަށް އެދުމުން އަބަދުވެސް އޮންނަ އުސޫލަށް އަމަލު ކުރާކަމަށެވެ.

މައްސަލައިގައި ފަޒުލް ވިދާޅުވެފައި ވަނީ، ލިބުނު ބައެއް ހުށަހެޅުންތަކުން މައްސަލަތަކެއް ފާހަގަވެ އެކަން ކުންފުނީގެ ފަރާތުން މިނިސްޓްރީއަށް ވެސް ހުށަހެޅިކަމަށެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި ދައުރުވަނީ އެކަން ފާހަގަކޮށް ފޮނުވި ލިޔެކިއުންތައްކަން ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: