ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ފުލުހުން ބަލަމުން ދަނީ ޑޮކިއުމަންޓް ފޯޖުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ފުލުހުން ވަނީ އެޗްޑީސީއަށް ވަނެފައެވެ. އެއީ އެޗްޑީސީގެ އިސް ވެރިންތަކެއް ހިމެނޭހެން ބިންވެރިޔާ ސްކީމްގެ ބޭރުން އަމިއްލަ މަސްލަތު އޮތް ފަރާތްތަކަށް ބިންތަކެއް ވިއްކިކަމަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މިއީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އަމިއްލައަށް އިސްވެ ފަށާފައިވާ ތަހުގީގެއްކަމަށް ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެމްބަރުން މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.

