ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްއިން ސްޓޭކްހޯލްޑަރުންގެ އިވެންޓެއް ބާއްވައިފި

އެމްއޭސީއެލްގެ އެމްޑީ ޝަރީފް: ފޮޓޯ/ އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލްއިން އޭވިއޭޝަން އެންޑް ޓްރެވަލް އިންޑަސްޓްރީ ސްޓޭކުހޯލްޑަރުންގެ އިވެންޓެއް ބާއްވައިފިއެވެ.

އެމްއޭސީއެލްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިން ކުރިއަށް ގެންދިޔަ ސްޓޭކްހޯލްޑަރުންގެ އިވެންޓުގައި އޭވިއޭޝަން އަދި ޓުއަރިޒަމް ދާއިރާގެ މުހިންމު ޝަހުސިއްޔަތުތައް ބައިވެރިވެފައިވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ވުޒާރާއާއި އެމްއެމްޕީއާރްސީގެ މަންދޫބުން ތިއްބެވިއިރު މަޓާޓޯއިންވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ އެއަރލައިންތަކުންވެސް ބައިވެރިވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދުވަނީ މި މަސް ނިމިގެންދާއިރު 2 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެކި ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއިރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުކުރުމުގެ ގޮތުން އައު އެއަރލައިންތަކާއިއެކު ކުރެވެމުންދާ މުއާމަލާތްތަކުގެ އިތުރުން ކާގޯ ސާވިސްގެ ހިދުމަތް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް ހިއްސާކުރެއްވިއެވެ.

މި ފުރުސަތުގައި އެމްޑީ ޝަރީފްވަނީ ހުރިހާ ސްޓޭކްހޯލްޑަރުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި ވައިގެ ހިދުމަތްތައް ފުޅާވެގެންދިއުމަކީ ގުޅިގެން ހާސިލުކުރެވިފައިވާ ކާމިޔާބީއެއްކަމަށެވެ. އެމްޑީ ވިދާޅުވީ، ކުރިމަގުގައިވެސް މަސައްކަތްތައް ފުޅާވެގެންދިއުން ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބަރޯސާވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: