ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޒުލްއާއި، ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީ ޑެޕިއިުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ދާތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދާއި އޭނާގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި ހިމެނެނީ އެޗްޑީސީއާއި، ހައުސިން މިނިސްޓްރީގެ ބައެއް ވެރިންކަމަށް މައުލޫމާތު ލިބެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ ތަހުގީގަށް ގިނަ ބައެއްގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިކަން ކަށަވަރުކޮށްދީ، އޭގެ ތެރޭގައި ފަޒުލްއާއި ފަޒީލް ހިމެނޭކަމަށް ވިދާޅުވެފަ އެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަޒީލްގެ ނަން އޮތީ ގޯއްޗަށް ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ނަމަވެސް އޭނާއަށް ރެޖިސްޓްރީއެއް ލިބި ބަނީ އެތަނުގައި އިންފާރު ވެސް ރާނާފަ އެވެ. އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ފަޒީލާއި އެކު އިތުރު އެހެން ބަޔަކަށް ވެސް ގޯތީގެ ވަގު ރެޖިސްޓްރީ ހަދައިދީފައިވާކަން މި މައްސަލައާއި އެކު ފަޅާއެރިއެވެ.

މައްސަލައިގައި ފަޒުލްއާއި، ފަޒީލްގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންނާއި ބައެއް އިސް މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މައްސަލައިގައި ތަހުގީގު ފުލުހުންނާއި، ދައުލަތުގެ އެކި އިދާރާތަކުން ފަށާފައިވީ ނަމަވެސް މިހާތަނަށް ވަކި މީހަކަށް ސީދާ ތުހުމަތެއް ނުކުރެ އެވެ. އަދި މިއީ ކުރީ ސަރުކާރުން ދޫކުރި ލިއުމެއް ތޯ ނުވަތަ ކުރީގެ ތާރީހަކަށް ތައްޔާރުކޮށްފައިވާ ލިޔެކިއުމެއް ތޯ ކަށަވަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތަހުގީގަށް ފަޒީލްއާއި، ފަޒުލްގެ ޕާސްޕޯޓު ހިފެހެއްޓިއިރު ދެބޭފުޅުން ވެސް ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅޭކަމަށް އަޑުފެތުރުނެވެ. ފުލުހުން ބުނި ގޮތުގައި މައްސަލައިގައި ފަޒީލްއާއި ސުވާލުކޮށް މިއީ ކޮން ގޮތަކުން ހޯދި ލިޔެކިއުމެއްތޯ ސާފުކުރި ނަމަވެސް ފަޒުލްއާއި އަދި ސުވާލުކޮށްފައި ނުވެއެވެ.

މައްސަލައިގައި ސަސްޕެންޑު ކުރި މީހުންގެ ތެރޭގައި ލިޔެކިއުމުގައި ސޮއިކޮށްފައިވާކަމަށް ބުނާ ރިއަލް އެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރ އަހުމަދު އައިމަން ހިމެނެއެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްކަމާއި ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުވަތަ ދައުލަތުގެ އިދާރާއެއް، މުވައްސަސާއެއްގައި ކިރިޔާ ވެސް މިފަދަ ތުހުމަތެއް ކުރެވޭ ބައެއް ތިބި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ތިއްބަވާ ގުރޫޕަކަށް ރޭ ފޮނުވި މެސެޖެއްގައި ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

ވަރަށް ގަދަ
74%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: