ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗްކޮށްފި

އުރީދޫ އިމާރާތް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް ގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗްކޮށްފިއެވެ.

އުރީދޫގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ތައާރަފްކޮށް، ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަ ހިދުމަތެއް 24 ގަޑިއިރު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ކުންފުނި ބުންޏެވެ. މިއީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިއީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއްކަމަށްވެސް ކުންފުނިން ފާހަގަކުރިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާއިރު، މި ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް ވަރަށް އަހުލުވެރި އަދި ހަރުދަނާ މަގެކެވެ. ވެރިފައިޑް ވަޓްސްއެޕް އެކައުންޓުން ކަސްޓަމަރުންނަށް ލިބިގެންދާނީ:

24/7 ކަސްޓަމާ ސަޕޯޓް: ކޮންމެ ވަގުތެއްގައި ވެސް ސުވާލުތަކާއި ހިދުމަތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން.

  • އެންހަންސްޑް ސެކިއުރިޓީ: ވެރިފައިޑް އެކައުންޓް ސްޓޭޓަސް އިން ކަސްޓަމަރުންނަށް މުއާމަލާތަކީ ސައްހަ އަދި ރައްކާތެރި މުއާމަލާތެއް ކަން ޔަގީންކޮށްދެ އެވެ.
  • ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންކުރާ ޑިޖިޓަލް ކޮމިއުނިކޭޝަން އެޕް މެދުވެރިކޮށް އުރީދޫގެ ސަޕޯޓް ޓީމާ މެދުކެނޑުމެއްނެތި ވާސިލުވެވޭނެ އެވެ.

ވަޓްސްއެޕާއެކު މި އިންޓަގްރޭޝަންގެ ސަބަބުން އުރީދޫއަށް އިނޮވޭޓިވް ކަސްޓަމަރ އެންގޭޖްމަންޓް ސޮލިއުޝަންތަކަށް ވަޓްސްއެޕްގެ ބޭނުން ހިފުމުގެ ފުރުޞަތު ލިބިގެންދެއެވެ. އުރީދޫ މޯލްޑިވްސް އިން އިންޑޯސެޓް އުރީދޫ ހަޗިސަންއާ ގުޅިގެން މި ސޮލިއުޝަން ރާއްޖެއަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންގެ ހިދުމަތް ފުޅާކޮށްދިނުމަކީ އުރީދޫ މޯލްޑިވްސް އިން ފަޚުރުވެރިވާ ކަމެކެވެ.

ކަސްޓަމަރުންނަށް  އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް ނަމްބަރު (9611929) އަށް މެސެޖުކޮށްގެން މިއަދުން ފެށިގެން ކަސްޓަމްރ ސަޕޯޓް ލިބިގެންދާނެއެވެ. މި ޗެނަލުން ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ބިލިންއާއި ޓްރަބްލްޝޫޓިން އާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ކަންކަމާ ބެހޭ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: