ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީމެކްސްގެ ފަޅުވެރިޔާ އަދިވެސް ނުފެނޭ، ސާޗް އޮޕަރޭޝަން މެދުކަނޑާލައިފި

ސީމެކްސް ބޯޓު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުން މެދުކަނޑާލާފައިވާކަން އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އައްޑޫސިޓީއިން މާލެ އަށް އައުމަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި މަސައްކަތްކުރަމުންދިޔަ ނޭޕާލްގެ ފަޅުވެރިޔަކަމށްވާ ރާޖްކުމާރު ގެއްލިގެން ހޯދަމުންދާކަން ހާމަކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. އޭނާ ހޯދުމަށްޓަކައި އެމްއެންޑީއެފްއިންވަނީ ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާ ފާސްކޮށްފައިކަމަށް މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފްއިން ދީފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުގައިވާގޮތުން، އެ މުއައްސަސާއިންވަނީ ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތްތައް މިހާރު މެދުކަނޑާލާފައެވެ. އަދި އޭނާ ހޯދުމަށްޓަކައި މި މަހުގެ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާ ފާސްކުރިކަމަށާއި 19 ވަނަ ދުވަހުގައި ފުވައްމުލަކު ވަށައިގެންވާ ސަރަހައްދުގައި އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާނެކަމަށެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ކަނޑުމަގުންކަމަށްވާއިރު އަދިވެސް ގެއްލުނު ފަޅުވެރިޔާ ހޯދިފައިނުވާކަން ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: