ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި ބިދޭސީއަކު 10 އަހަރަށް ޖަލަށް!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މާރާމާރީ ހިންގި މައްސަލައެއްގައި ކުށް ސާބިތުވި ބިދޭސީއަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަމަލް ހުސައިންގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކާމެދު ހިނގި މާރާމާރީއެއްގެ ތެރެއިން އެމީހާގެ ބޮލުގައި އޭނާ ދަތްމަރުތޭލަކުން ޖަހާފައިވާތީ އެވެ. އެކަމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް އެމީހާއަށްވިކަންވެސް އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އޭނާ ވަނީ ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގައި މި ދައުވާއަށް އިއުތިރާފުވެފައެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެލިއިރު އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ދައުވާއަށް އިންކާރު ކުރިނަމަވެސް އޭނާއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއެވެ.

ދައުލަތުގެ ހެކިންގެ ހެކިބަހަށް ބަލާއިރު، އޭނާ އަނިޔާވި މީހާއަށް މަރުތޭލަކުން ޙަމަލާދީފައިވާ ކަމަށާއި، ޙަމަލާ ދިނީ އެމީހާގެ ބޮލާއި، އަތް އަދި ކޮނޑަށްކަން އެނގެން އޮވެއެވެ. އަދި ޙަމަލާގެ ސަބަބުން އެމީހާގެ ބޯ ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަކަމަށް ހެކިވެރިން ބުނެފައިވެއެވެ.

އެ ހެކިތަކާއެކު މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

އޭގެ އިތުރުން، މި މައްސަލައިގެ އަދަބެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށް ލުމަށް ޙުކުމުގައި އަންގަވާފައިވެއެވެ.

މި މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިން 4 އަހަރަށްވުރެ ގިނަ ދުވަސް އޭނާ ވަނީ ބަންދުގައި ހޭދަކޮށްފައެވެ. އެހެންކަމުން އެ މުއްދަތު އޭނާ ތަންފީޒު ކުރަންޖެހޭ އަދަބުން ވަނީ އުނިކޮށްފައެވެ.

އެ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ 5 އަހަރާއި 10 މަހާއި 25 ދުވަހެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: