ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޓީއޭގެ ދަށުން ޑިއުޓީއެއް ނެތި ޗައިނާއިން ފަރުނީޗަރު އެތެރެކުރެވޭނެ: އިކޮނޮމިކް މިނިސްޓްރީ

ޗައިނާގައި އިކޮނޮމިކް މިނިސްޓްރީއިން ބޭއްވި ފޯރަމްގައި ރައީސް އަދި މިނިސްޓަރ ސައީދު: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފްރީޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއަށްް ޗައިނާއިން އެތެރެކުރާ ފަރުނީޗަރުގެ ބާވަތްތަކުން ޑިއުޓީ މާފުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.

ރާއްޖެއާއި ޗައިނާ ދެެމެދު އަމަލުކުރުމަށް ކަނޑައެޅިފައިވާ ފްރީޓްރޭޑް އެއްބަސްވުުމުގެ ދަށުން ވިޔަފާރިތަކަށް ލިބިގެންދާނެ ލުއިތަކާއިމެދު އިގްތިސާދީ ވުޒާރާއިންދަނީ ވިޔަފާރިވެރިން ހޭލުންތެރިކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓްރީން ބުނެފައިވާގޮތުން ޗައިނާ އަދި ރާއްޖެ ދެމެދު ކުރެވޭ އިމްޕޯޓު މުއާމަލާތްތަކަށް ބަލާއިރު އެ ގައުމުން ރާއްޖެއަށް ކޮންމެ އަހަރެއްގައިވެސް ގިނަ އަދަދެއްގެ ފަރުނީޗަރު އެތެރެކުރެ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ މިހާރު އެ ގައުމުން ރާއްޖެއަށް އެތެރެ ކުރާ މިފަދަ ސާމާނުން ފަސް އިންސައްތައިގެ ޑިިއުޓީއެއް ނަގާކަމަށެވެ. ނަމަވެސް ފްރީޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފެށުމާއިއެކު މި ޑިއުޓީ އެއްކޮށް މާފުކުރެވިގެންދާނެކަމަށާއި އެކަމާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފަރުނީޗަރު ވިއްކަން ހުންނަ އަގު ހެޔޮވެގެންދާނެކަމަށް ބުންޏެވެ. މި އެއްބަސްވުމާއިއެކު އަމިއްލަ ފަރުދުން ފަރުނީޗަރު އެތެރެކުރަން އެދޭނަމަ އެކަމަށްޓަކައި ކުރަންޖެހޭ ހަރަދުތައްވެސް ކުޑަވެގެންދާނެކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.

ރާއްޖެއާއި ޗައިނާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.

މި އެއްބަސްވުމާއިއެކު ހިދުމަތްތެރިންނަށް ހުޅުވިގެންދާނެ ފުރުސަތުތަކުގެ މައްޗަށްވެސް މިނިސްޓްރީން އަލިއަޅުވާލާފައިވެއެވެ. މިސާލެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް މި އެއްބަސްވުމާއިއެކު އުފެއްދުންތައް ސޯކޭސްކޮށް ވިއްކުމަށްޓަކައި ޗައިނާގައި ރީޓެއިލް އައުޓްލެޓެއް ހުޅުވައިގެން ހިދުމަތްތައް ދިނުމުގެ ފުރުސަތު އޮތްކަން ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: