ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީއަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމެއް ނުކުރާނެ: ޕީއެންސީ

ޕީއެންސީގެ ލީޑާޝިޕުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެ ޕާޓީގެ އިސްބޭފުޅުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމްއިއްޔާއަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ދިވެހި އިގުތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ބުނެފިއެވެ.

އިދިކޮޅު އެމްޑީޕީން މާލެ އަތޮޅުގެ ރިސޯޓުތަކަށް އަރައި އެ ރިސޯޓުތަކުގައި އެއްވުމެއް ބާއްވަން ނިންމާފައިވާކަމަށް ޕީއެންސީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓްރީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ވިދާޅުވެފަ އެވެ. އަދި މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަންތައް މެދުވެރިކޮށް ހިންގުމަށް ރާވަމުންދާ އެ އަމަލަކީ ޓޫރިޒަމަށް އަމާޒުކޮށް ދޭ ޓެރަރިސްޓު ހަމަލާއެއްކަމަށް ނިހާދު ވަނީ ސިފަކުރައްވާފައެވެ.

މައްސަލައިގައި އެކި ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމްއިއްޔާއަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ދިވެހި އިގުތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ ކަމަށެވެ. ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް ހަރަކާތްތެރިވާނީ ގާނޫނު ހުއްދަކުރާ އިމުގެ ތެރޭގައެވެ. އެ އިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމާމެދު ޝައްކު ނުކުރާކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ރާއްޖެއަކީ މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން ވަނީ ޕީއެންސީން ދީފައެވެ. އަދި ފަތުރވެރިކަމުގެ ސިނާއަތުގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓުމެންޓުތައް ރައްކާތެރިކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެ ކަމުގެ އިތުބާރު އޮތް ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައިއެވެ.

ޕީއެންސިން އިތުރަށް ބުނެފައިވަނީ ފަތުރުވެރިންނާއި އިންވެސްތަރުންނަށްވެސް ރައްކާތރިކަން އޮތް ސުލްހަވެރި، އަމާން މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ދައުލަތުގެ ހުރިހާ މުވައްސަސާއެއް ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއައްތަކާއި ވަކިވަކި ފަރުދުންވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރުތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ޕީއެންސީން ވަނީ އިލްތިމާޒް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: