ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރަސްމީ ފާލަމުގެ މަސައްކަތް އަލުންފަށައި ސްޓްރަކްޗަރ ފްރޭމް ނިމިއްޖެ

ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރަސްމީ ފާލަން އަލުން ހެދުމުގެ މަސައްކަތުގެ ތެރެއިން އެތަނުގެ ސްޓްރަކްޗަރ ފްރޭމް ނިމިއްޖެއެވެ.

ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ކުރީގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 11.7 މިލިއަން ރުފިޔާ އަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ފެށީ މި އަހަރުގެ މެއި މަހުގެ ކުރީކޮޅު އެވެ. މަސައްކަތަށް ފާލަން އެއްކޮށް ރޫޅާލި ނަމަވެސް ތަކެތި ލިބުން ލަސްވުމުން މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިގެން ދިޔައެވެ.

އެހެންނަމަވެސް މިހާރު އެތަނުގެ މަސައްކަތައް ބަލާއިރު ކުރިއާ ހިލާފަށް މަސައްކަތުގެ އަވަސްމިން ފެނިގެންދެއެވެ. އަދި އެތަނުގެ ބޮޑުބައެއް ނިމިފައިވާކަންވެސް ފެނިގެންދެއެވެ،. މައުލޫމާތު ލިބޭގޮތުގައި އެތަނުގައި މިހާރު ކުރަމުންދަނީ ފުރާޅުގެ ޝިންގަލްސް ހަރުކުރުމާއި ސީލިންގްގެ މަސައްކަތްތަކެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، އޭރު ބޭނުންކުރަމުންދިޔަ ރަސްމީ ފާލަމުގެ ބަދަލުގައި ޒަމާނީ ފަރުމާއަކަށް ޢިއްޒުއްދީން ފާލަން ޑިޒައިންކޮށްފައިވަނީވެސް އެމްޓީސީސީ އިންނެއެވެ.

މި ފާލަން ޑިޒައިން ކުރެވިފައިވަނީ، ރިޔާ ނެގި ނާލު ބައްތެއްޔެއްގެ ސިފަ ދުރުން ފެންނަ ގޮތަށެވެ. އެއީ ބައްތެލީގައި ހުންނަ ކުޑަ ރިޔަލާއި މެދު ރިޔަލާއި ބޮޑު ރިޔާ ފެންނަ ގޮތަށެވެ. މި ފާލަމަކީ އެއް ފަހަރާ ފަސް އުޅަނދަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ފާލަމެކެވެ.

ފާލަމުގެ މަސައްކަތަކާއި ގުޅިގެން އެންމެ ފުރަތަމަ އެމްޓީސީސީން ބުނެފައިވަނީ އަލުން ތަރައްގީކުރެވޭ ރަސްމީ ފަލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދ،ޭ ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: