ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޙަލީލް އިންޑިއާއަށް ވަޑައިގެންފިއެވެ.
މި ދަތުރާއި ގުޅޭ މައުލޫމާތު ވަޒީރު ވަނީ ދެއްވާފައެވެ. އެގޮތުން މި ދަތުރުގެ ތެރެއިން ނިއުދިއްލީއަށް ވަޑައިގެންނެވީ، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު އާ ބައްދަލުކުރެއްވުމަށްކަމަށް ވިދާޅުވެފައިވެއވެެ.
މި ދަތުރުގެ ތެރެއިން އިންޑިއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ލާބައަށް، އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ ދައުވަތަކަަށް ފުރަމާނަ ދަތުރުފުޅެއްގައި ހަތަރު ދުވަހަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ އިންޑިއާއަަށް ވަޑައިގަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް, ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން އަދި ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ނާޒިމް ވަޑައިގަތެވެ. އަދި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއާއި، އެމްއެމްއޭގެ ގަނަވަރ އަހުމަދު މުނައްވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުގެ ތެެރެއިންވެސް އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

