ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުތަކުގައި ފެން ހިނދި އާންމު ހާލަތަށް ބަދަލުވަން ދެން، ބަރު އުޅަނދު ނުދުއްވަން ފުލުހުން އެދިއްޖެ

މާލެއަށް ކުރަމުންދާ ބޯ ވިއްސާރާގައި މަގުމަތީގައި ފެން ބޮޑުވެފައި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި ވާތީ، އާންމު ހާލަތަށް ބަދަލުވަން ދެން ބަރު އުޅަނދުތައް ނުދުއްވަން ފުލުހުން އެދެފިއެވެ.

ފުލުހުން ބުނީ މަގުތަކުގައި ފެންބޮޑުވެފައި ވާތި ގެތަކަށް ފެން ވަނުމުގެ ގިނަ ހާދިސާތައް ހިނގަމުންދާކަމަށެވެ. އަދި ފެންގަނޑު ހިނދި އާންމު ހާލަތެއް ގެނެވެން ދެން ބަރު އުޅަނދުތައް ނުދުއްވުމަށާއި، ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވަން ވެސް އެދުނެވެ.

މިއަދު ހެނދުނުން ފެށިގެން މެދުކެނޑުމެއް ނެތީ، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވާރޭ ވެހެމުންނެވެ. އޭގެ ސަބަބުން ރަށްތަކުގެ ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީވެފަ އެވެ.

ރަށްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: