ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން މުވައްސަސާތަކަށް މެމްބަރުން ކަނޑައެޅުމަށް މަޖިލީހުގައި ދައުރުން ބޭރު 2 ޖަލްސާއެއް ބާއްވަނީ

20 ވަނަ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން މުވައްސަސާތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން ކަނޑައެޅުމަށް މަޖިލީހުގައި ދައުރުން ބޭރުން 2 ޖަލްސާ ބާއްވަން ނިންމައިފިއެވެ.

ދައުރުން ބޭރު ޖަލްސާ ބާއްވަން ނިންމާފައިވަނީ އިލެކްޝަން ކޮމިޝަން އަދި ބްރޯޑްކޮމްގެ ހުސްވެފައިވާ 2 ގޮނޑިއަށް މެންބަރުން އައްޔަން ކުރަން މަޖިލީހުގެ އެންމެ ފަހުގެ ދައުރު ނިންމާލި ޖަލްސާގައި ވަނީ ނަންތަކެއް ފޮނުވާފައި ވާތީއެވެ. ސަންގަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ޖަލްސާ ބެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އަދި 20 ވަނަ ދުވަހު ކަމަށެވެ.

އީސީގެ ދެ ގޮނޑި ހުސްވީ އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އަދި މެންބަރުކަމުގައި ހުންނެވި މުހައްމަދު އާސިފް ނޮވެމްބަރު މަހު މަގާމުން ވަކިކުުރުމުންނެވެ. މަގާމުން ވަކިކުރިއިރު އެ ދެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެ މަގާމުތަކަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ދެ ނަމަކީ މުހައްމަދު ޒާހިދުއާއި އަބްދުއްރަހްމާން ސޮލާހް ރަޝީދެވެ. 

ބްރޯޑްކޮމްއަށް ދެ މެންބަރުން އައްޔަން ކުރަން ރުހުން ހޯދަން މަޖިލީހަށް ފޮނުވީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ މަހުގެ 5އަށް ހަމަވެފައިވާތީއެވެ. އެ މަގާމަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު އިސްކަން ދެއްވާފައިވާ ދެ ނަމަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ އާއި އިބްރާހިމް މުއާޒު އަލީއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: