ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް ދާއިރާގެ 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތައް ރެޖިސްޓްރީވާން އެދިއްޖެ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިތަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމާބެހޭ އުސޫލުތައް ބަޔާންކޮށް ”ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު“ ގެޒެޓުކޮށްފިއެވެ.

މި ގަވާއިދު ހަދާފައިވަނީ މިހާރު އަމަލު ކުރަމުންދާ ބޭރު ފައިސާއާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ޖެހެނީ، ޓޫރިޒަމް ދާއިރާގެ މުއްދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނެވެ. އެ ދާއިރާގައި ބަޔާން ކުރާ ފަރާތްތަކުގެ އިތުރުން، މާލީ އިދާރާތްތައް ފިޔަވައި އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކުންނެވެ.

އެގޮތުން، ޓޫރިޒަމް ދާއިރާގެ މުއްދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން އޮތް ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންޖެހެއެވެ. އަދި 1 ޖަނަވަރީ 2025 ވަނަ ތާރީޚުގެ ފަހުން މި ދާއިރާގައި ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓަރީކުރަން ޖެހެނީ އެ ފަރާތްތަކުން ވިޔަފާރި ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މުއްދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، މިދިޔަ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބިފައިވާނަމަ، އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭގައި ރަޖިސްޓަރީކުރަންޖެހެއެވެ. އަދި މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓަރީކުރަން ޖެހެނީ އެ މީލާދީ އަހަރަކާއި ވިދިގެން އަންނަ އަހަރެއްގެ ޖަނަވަރީ މަސް ނިމުމުގެ ކުރިންނެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް އެމްއެމްއޭގައި ރަޖިސްޓަރީކުރަން ޖެހޭނީ ވެބްސައިޓުގައި ހުންނަ އެމްއެމްއޭ ފޮރިން އެކްސްޗޭންޖު ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން ރަޖިސްޓަރީކުރާއިރު ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: