ވ. ފުލިދޫ ކައިރިޔަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ރިޕޯޓު ކުރި ޗައިނާގެ ޓޫރިސްޓުންތަކެއް ސަލާމަތްކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ޗައިނާގެ ހަތް ފަތުރުވެރިއެއް ގެއްލިގެން މިރޭގެ ވަގުތެއްގައި ރިޕޯޓު ލިބުނުކަމަށެވެ.
ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މީހުން ފެނިފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލިދޫގެ ލޯންޗަކަށެވެ. އަދި ކަނޑުމަތީން ފެނިގެނ އެ އެންމެން ވެސް ސަލާމަތްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.
ފީނަން ގޮސް އުޅެނިކޮށް ފަތުރުވެރިން ގެއްލުމުގެ ހާދިސާތައް، ނުވަތަ އަނިޔާތައް ލިބުމުގެ ހާދިސާތައް ހިނގައެވެ.

