ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހުރިއްޔާއާއި ގާތްވީމަ ވަޒީރުންނަށް މަގާމުތަކުގައި ތިބެވޭނެކަމަށް ހީކުރުމަކީ ކުށްހީއެއް: ލަތީފް

ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިހުލާސްތެރިކަމާއިއެކު މަސައްކަތް ނުކުރެވޭ ވަޒީރުން މަގާމުތަކުގައި ތިބެވޭނެކަމަށް ހީކުރުމަކީ ކުށްހީއެއްކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލު ފާސްކުރުމަށް މަޖިލީހަށް ފޮނުވާފައިވާތީ އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަކީ ވަރަށް މާތް މަގްސަދެއްގައި ކުރެވޭކަމެއްކަމަށެވެ. މިއީ ސަގާފަތެއް ނުވަތަ އާދަކާދައެއްގެ ސަބަބުން ކުރާކަމެއް ނޫންކަމަށާއި، އަދި މިކަން ކުރަނީ ރައީސުލްޖުމްހުރިއްޔާ ފޮނުއްވާފައިވާތީ ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމަކީ ރަމްޒީކަމަެއްވެސް ނޫންކަމަށެވެ.

މިއީ ރައްޔިތުންނަށް ހިދުމަތްކޮށް، ރައިސްގެ ސިޔާސަތުތައް ނެގެހެއްޓުމަކަށްޓަކައި އައްޔަނުކުރާ ބައެއްކަމަށް ފާހަގަކޮށް ލަތީފް ވަނީ ވަޒީރުންނަށް މެސެޖެއް ދެއްވާފައެވެ. އެގޮތުން ވަޒީރުންނަށް ދޭ ރުހުމަކީ އަނބުރާ ގެނެވޭ އެއްޗެއްކަމަށް ފާހަގަކުރެއްވިއެވެ. ވަކި ކުރަން ބޭނުންވާކަމަށްވާނަމަ ވަކިވެސް ކުރެވޭނެކަމަށް ލަތީފް ވިދާޅުވިއެވެ.

މިހެން މި ދަންނަވަން ޖެހުނީ ބައެއް ވަޒީރުން ފަހަކަށް އައިސް އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން އަދި ހާއްސަކޮށް އިދިކޮޅު ފަރާތްތަކުގެ މެންބަރުންވެސް ފޯނު ކުރީމަ ފޯނު ނުނަގާ ވާހަކަ، ޖަވާބު ދާރީ ނުވާ ވާހަކަ ކަންކަން ނުކޮށްދޭ ވާހަކަ.

ލަތީފް ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި ވަޒީރުންނަށް ފޯނު ކުރަން ޖެހޭއިރު، ޖަވާބު ނުދޭ މައްސަލަތައް ފެންމަތިވާކަމަށް ލަތީފް ވިދާޅުވިއެވެ. ބައެއް ވަޒީރުން އިހުލާސްތެރިކަމާއިއެކު ރައީސުލްޖުމްހުރިއްޔާއަށް މަސައްކަތްކޮށްދޭކަން ކަށަވަރު ނުވާކަމަށްވެސް ލަތީފް ވިދާޅުވިއެވެ. އެހެން ދަންނަވަން ޖެހޭ ސަބަބުތަކެއް އެބަހުރިކަމަށް ފާހަގަކޮށް ލަތީފް ވިދާޅުވީ ރައްޔިތުން ސަރުކާރުގެ ފަރާތުން އެދޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އާއި ގާތްވުމުން މަގާމުގައި ދެމި ތިބެވޭނެކަމަށްވެސް ވަޒީރުނަނަށް ހީވާކަމަށް ވިދާޅުވިއެވެ. ސަރުކާރާއި ރައްޔިތުންނަށް އިހުލާސްތެރިކަމާއިއެކު މަސައްކަތް ކޮށްނުދެވޭ ކަމަށްވާނަމަ ވަޒީރުންނަށް މަގާމުތަކުގައި ތިބެވޭނެކަމަށް ހީކުރުމަކީ ކުށްހީއެއްކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ ދަށުންވެސް ވަޒީރުންގެ މައްޗަށް މިކަންކަން މަތިކުރާއިރު، ފިލައިގެން އުޅޭ ވަޒީރު އެބަތިބިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ވާހަކަތައް އެންމެ ގިނައިން އަޑުއަހަން ޖެހެނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭން ތިބޭ މަޖިލީހުގެ މެންބަރުންކަމަށެވެ.

މަޖިލީހުގެ މެންބަރުންނަކީވެސް އިހުލާސްތެރިކަމާއިއެކު މަސައްކަތް ކުރަން ޖެހޭ ބައެއްކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްގެން ނޫނީ ސަރުކާރު ނުދެމެހެއްޓޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: