ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތަކުގެ އެނަރޖީ މެނޭޖްމަންޓް ގައިޑާއި ގުޅޭގޮތުން ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމްސީސީއީއީ) އިން ޔޫއެސްއެއިޑްގެ ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް (ސާރެޕް) އާ ގުޅިގެން ސްކޫލްތަކުގެ އެނަރޖީ މެނޭޖްމަންޓް ގައިޑަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މަޤްޞަދަކީ ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނާއި، މަރާމާތާއި ބެލެހެއްޓުމުގެ މުވައްޒަފުންނާއި، މުދައްރިސުންނާއި އަދި ދަރިވަރުން ހިމެނޭގޮތަށް ތައްޔާރުކުރެވޭ އެނަރޖީ މެނޭޖްމަންޓް ގައިޑަކާ ގުޅޭގޮތުން ޚިޔާލު ހޯދުމެވެ. މި ގައިޑުގައި ސްކޫލްތަކުގައި އެނަރޖީ އެފިޝަންސީ އިތުރުކުރުމަށް ގެންގުޅެންވީ އުސޫލުތަކާއި، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމާއި، ފިނިހޫނުމިން ބެލެހެއްޓުމާއި، އެތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިމެނެއެވެ. މީގެ އިތުރުން، ސްކޫލްތަކުގެ ދުވަހުން ދުވަހުގެ ހިންގުމުގައި އެނަރޖީ އެފިޝަންޓް އާދަތައް އަށަގެންނެވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް މި ގައިޑުގައި ހިމެނޭނެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވީ ސްކޫލްތަކަކީ އެނަރޖީ އެފިޝަންސީ އާންމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށެވެ. ސްކޫލްތަކަކީ ހަމައެކަނި އުނގެނުމުގެ މަރުކަޒުތަކެއް ނޫންކަމަށާއި، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމުގެ ސަގާފަތެއް އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަމަށް ވިދާޅުވިއެވެ. މި ގައިޑުގެ ސަބަބުން ސްކޫލްތަކަށް ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމުގައި ނަމޫނާ ދެއްކޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޔޫއެސްއެއިޑް/އިންޑިއާގެ އިންޑޯ ޕެސިފިކް އޮފީހުގެ ޑިރެކްޓަރ އާރަން ޝޫބަރޓް އާއި ޔޫއެސްއެއިޑް/އިންޑިއާގެ ސީނިއަރ ރީޖަނަލް ކްލީން އެނަރޖީ ސްޕެޝަލިސްޓް އަޕޫރްވާ ޗަތުރްވެދީ އާއި އެހެނިހެން ޔޫއެސްއެއިޑް އަދި ސާރެޕްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މިނިސްޓްރީގެ އެނަރޖީ ޑިޕާޓްޕާޓްމަންޓާއި، ޔުޓިލިޓީ ރެގިއު ލޭޓަރީ އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، އެސޯސިއޭޝަން އޮފް މޯލްޑިވިއަން ޕްލޭނަރސްގެ މަންދޫބުންނާއި، ސާރެޕްގެ ތަޖުރިބާކާރުން މި ބައްދަލުވުމުގައި ބައިވެރިވެ، ގައިޑުގެ ޑްރާފްޓާ ގުޅޭގޮތުން އެ ފަރާތްތަކުގެ ޚިޔާލު ހުށަހެޅިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: