ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިވާލައިފި

ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި އަލިފާން ރޯވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 04:20 ހާއިރު ކަމަށެވެ.

މި ޙާދިސާގެ މައުލޫމާތު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރުކަމަށް އެމްއެންޑީީއެފުން މައުލޫމާތު ދެއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ އިރު، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: