ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރުޓް ޓްރީ ގުދަނުގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެންޑީއެމްއޭއިން އެހީ ފޯރުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފްރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 5 ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، އެ އޮތޯރިތީގެ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިންސާނީ އެހީ ފޯރުކޮށްދެންޖެހޭ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 މީހެއް ފާހަގަވެފައިވާކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. 

އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 19 ބިދޭސީންނެވެ. 

އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން އެ އޮތޯރިޓީން ދަނީ ހަމަޖައްސަމުންނެވެ. އަދި ބިދޭސީ 1 ޢާއިލާ ވަނީ އަމިއްލަ ވަޤުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައެވެ.

މީގެ އިތުުރުން، 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: