ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަން ހޯދަނީ

ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ސަންގުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގައި އެފްބީއައިގެ އެހީތެރިކަން ހޯދަމުންދާ ކަމަށާއި، އިތުރު ތަފްސީލު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

މި މައްސަލައިގައި ޒަކިއްޔާއަށް ހަމަލާދީ އޭނާ މަރާލި ކަމުގެ އެއްވެސް ހެއްކެތް މިހާތަނަށް ފެންނާން ނެތް ކަމަށް ދާދި ފަހުން ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގަ އާއި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާގެ ކައިރިން ފެނުނު ވަޅީގައި ހުރީ އޭނާގެ ލޭ ކަމަށް ތަހުލީލުތަކުން އެނގޭކަމަށާއި އެހެންނަމަވެސް ވަޅީގެ ފޮރެންސިކް ތަހުލީލުތައް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ރަށުގެ ނަރުދަމާ ނިޒާމްގެ ތެރެއިން ފެނުނު ބުރުގާއަކީ ޒަކިއްޔާގެ އެއްޗެއް ކަމަށް އަޑުތައް ފުތުރުނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫންކަން ތަހުގީގަށް ޔަގންްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއީ ހެކި ނައްތާލުމަށް ކޮށްފައިވާ ކަމެއްކަމަށް އަޑުފެތުރިފައިވީނަމަވެސް ފުލުހުން ބުނެފައިވަނީީ އެ ބުރުގާއަކީ ޒަކިއްޔާ ދިރިއުޅުނު ގެއިން ނަރުދަމާގެ ނިޒާމަށް ދޫކޮށްލާފައިވާ އެއްޗެއް ނޫން ކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ކުށުގެ ވެށިންނާއި، ދިރިއުޅޭ ގެއިން އަދި ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ޒަކިއްޔާގެ ހަށިގަނޑުގެ ސީޓީ ސްކޭނުން ވެސް ދައްކާ ގޮތުން ހަށިގަނޑަށް އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީބުނެފައެވެ.

ޒަކިއްޔާގެ ހަށިގަނޑު ފެނުނު ހިސާބުގައި، އޭނާގެ ކަރުގައި ވަޅި އަޅާފައިވާއިރު، ވަޅި ވެސް ކައިރީގައި ފެންނަން އޮތެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގޭގެ ބަދިގެ ކައިރީގައި ހުރި ގުދަނެއްގެ ކައިރިންނެވެ. އަދި އެތަނުގައި މަސް ކެނޑުމަށް ބޭނުންކުރާ ބާވަތުގެ ބޮޑު ވަޅިއެއް އޮތްކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ.

”ސަންގު“ އާ ވާހަކަދެއްކި ރަށުގެ ބައެއް ރައްޔިތުން މަޢުލޫމާތު ދެއްވިގޮތުގައި، މަރުޙޫމާ ޒަކިއްޔާ މޫސާއަކީ ދީނީ ކަންކަމަށް ނުހަނު އަހައްމިއްޔަތުކަންދޭ ވަރަށް ދީންވެރި މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: