ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިނުގައި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ރ. ފައިނުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި މިއަދު އިފްތިތާޙްކޮށްފިއެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންނާއި، ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މި މަޝްރޫޢުގެ ދަށުން، ފައިނުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓް ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯރކް އަޅައި، 130 ގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީފައިވެއެވެ. މީގެ އިތުރުން، 490 ޓަނުގެ އެއް ފެން ތާންގީއާއި، 175 ޓަނުގެ ފެން ރައްކާކުރެވޭ 2 ފެން ތާންގީ ބަހައްޓައި، ނަރުދަމާގެ އިދާރީ ބިލްޑިންގ އާއި 3 ޕަންޕް ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓްފޯލް އާއި ރިޖެކްޓް ލައިން އަޅާފައިވެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 1 މާރިޗު 2021 ގައެވެ. އަދި މަސައްކަތް ނިންމައި ކޮމިޝަން ކުރެވިފައިވަނީ 2 މާރިޗު 2024 ގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 64,240,752.74 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: