ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ފުރިހަމަ ޓެލެކޮމް ތަޖުރިބާ ފެނިގެންދާ އާ ކެމްޕެއިނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ ފުރިހަމަ ޓެލެކޮމް ތަޖުރިބާ ފެނިގެންދާ އާ ކެމްޕެއިނެއް ފަށައިފިއެވެ.

މި އިޝްތިހާރުތަކުގައި ޚިދުމަތް ލިބުމުގައި އާއްމުންނަށް ދިމާވާ ބައެއް ދަތިތައް މަޖާ ކެރެކްޓާއެއްގެ ޒަރީއާއިން ފެނި އުރީދޫގެ ސޮލިއުޝަން ފެނިގެންދާނެއެވެ.

އުރީދޫގެ އެންމެ ފަހުގެ ކެމްޕެއިން ލޯންޗު ކުރެވުނީ ކުންފުނީގެ ވަރުގަދަ ނެޓުވާކު ދައްކުވައިދޭ ކުރު، ހިތްގައިމު އިޝްތިހާރުތަކަކާއެކުއެވެ. މިކެމްޕެއިންގައި ރައްޔިތުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީ ގެ މައްސަލަތައް މަޖާ ގޮތެއްގައި ދައްކުވައިދެއެވެ.

މި ކެމްޕެއިންގެ މައިގަނޑު އަސާސް އަދި އުޅޭ ކެރެކްޓަރ ތައްޔާރު ކުރެވިފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. އޭއައި އާއި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީގައި ތަރައްގީކޮށްފައިވާ މި ކެރެކްޓާތަކުން ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ސަބަބުތައް ރަމްޒުކޮށްދެނީ މަޖާ، އަދި މުނިފޫހިފިލުވައިދޭ ގޮތަކަށެވެ. މި ކެރެކްޓަރ ތަކަކީ އުރީދޫ މެސްކޮޓްތަކެއް ނޫނެވެ. މިއީ ނެޓްވޯކްގެ ތަޖުރިބާ ދަށްވުމުން މާޔޫސްކަން މަޖާކޮށް ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ކެރެކްޓަރތަކެކެވެ. އެއީ ގޭމެއްގެ ތެރޭގައި ފަހަތަށް ޖެހުން ނުވަތަ ވީޑިއޯ ކޯލެއްގެ އެންމެ މުހިންމު ވަގުތުގައި ބަފަރިން ކުރުން ދައކުވައިދޭ ކެރެކަޓަރ ތަކެކެވެ.

މި ސިލްސިލާގެ ފުރަތަމަ އިޝްތިހާރު ގޭމިން ކޮމިއުނިޓީ އަށް ހާއްސަ ކުރެވިފައި ވާއިރު، އުރީދޫ އަކީ އެންމެ ރަގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކް ކަން ސިފަކުރެ އެވެ. ގޭމް ކުޅޭ ފަރާތްތަކަށް ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ ހާއްސަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއެކު އުރީދޫއިން ވަނީ ގޭމިން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ކަނެކްޓިވިޓީ އެކްސްޕީރިއަންސެއް ފޯރުކޮށްދީފަ އެވެ. ކޮންމެ މާކެޓެއްގައި ވެސް މަގުބޫލު ލޯކަލް އިންފްލުއެންސަރުން ހިމެނައިގެން އުފައްދާފައިވާމި އިސްތިހާރުތަކުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހީރޯގެ ގޮތުގައި އުރީދޫ ވަނީ ނުކުމެފަ އެވެ.

އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވެގެންދާއިރު، އުރީދޫން އަންނަނީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ލިބުމުގެ މާނަ ދައްކުވައިދެމުން ކަމަށެވެ. މި ކެމްޕޭނަކީ އަޅުގަނޑުމެންގެ ނެޓްވޯކު ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅާލެވޭ ކެމްޕޭނެކެވެ.

ބިލާލް އިތުރަށް ވިދާޅުވީ މި އިސްތިހާރު ސީރީޒްގެ ކުރިއަށްހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިޝްތިހާރަކީ ވެސް އުރީދޫގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫއާއެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އިސްތިހާރަކަށް ވާނެކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: