ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ދެން މަސައްކަތްކުރާނީ މި ސަރުކާރު ބަދަލުކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން: ފައްޔާޒް

ފައްޔާޒް އިސްމާއިލް: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީން މަސައްކަތްކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލުކޮށް، ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ނުދާނެ ގޮތެއް ކަށަވަރުކުރުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

”ފުނޑިއްޖެ ފުދިއްޖެ“ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގާނޫނުއަސާސީއަށް 16 އަހަރު ވެގެންދިޔައިރު، އޭގެ ތެރެއިން 15 އަހަރު ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ޔަގީންކަމެއް ލިބިގެންދިޔައީ ބޭސްފަރުވާއަށް ސަލާން ނުޖެހުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއަދު އެ ޔަގީންކަން އެއްކޮށް ގެއްލިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މިއީ ސަރުކާރުގެ ތަންދޮރު ނުދަންނަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ގެއްލުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތްތަކެއް ކޮށްގެން ދިވެހި ރައްޔިތުން އަމަލުކުރަމުންދާ ގާނޫނުއަސާސީ ހޯދާފައިވަނީ ކުރި އަނިޔާތަކާއި އޮހޮރުވާލި ލޭއާ އެކު އެންމެންގެ ބިރު ފަހަނައަޅައި ގޮސްގެން ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން މަގުމައްޗަށް ނުކުންނަން ޖެހިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުން ހޯދާފައިވާ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތްކުރަމުންދާތީ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް، ޕީއެންސީން ވެރިކަމަށް އައުމަށްފަހު ދިވެހި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކުރާ މަސައްކަތްތައް އަނބުރާ އިޔާދަނުވާނެ ގޮތަކަށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މިހާރު ކިރިޔާވެސް މިނިވަންކަމެއް އޮތްކަމަށް އެމްޑީޕީއަށް ގަބޫލުކުރެވޭ މުއައްސަސާއެއްގެ ގޮތުގައި އޮތީ ސުޕްރީމް ކޯޓު ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަސްތޮޅު އެޅުވުމުގެ ބިލުގެ މައްސަލަ ފެބްރުއަރީ 17 ވަނަ ދުވަހު ފެށިގެންދާނެ ކަމަށެވެ. އެހެންކަމުން، ރައްޔިތުން ކޮށްފައިވާ ޑިމޮކްރެސީގެ ދަތުރަށް ވިސްނައި، ހައްގުތަކާއި ގާނޫނުއަސާސީ ހިމާޔަތްކުރުމަށް ފަސްނުޖެހި މަސައްކަތްކުރުމަށް ސުޕްރީމް ކޯޓަށް ގޮވާލައްވާ ކަމަށެވެ.

ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުން މިހާރު ތިބީ ވަރުބަލިވެ، ހަލާކުވެފައެވެ. އަދި ޕީޕީއެމް-ޕީއެންސީގެ ފިކުރާ ޖެހުމުން އަބަދުވެސް ރައްޔިތުން އުޅެންޖެހެނީ އަނިޔާވެރިކަމުން ސަލާމަތްވާން ކަމަށާއި، ގާނޫނުއަސާސީ މެދުވެރިކޮށް މިނޫން ގޮތެއް ކަށަވަރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތަކީ އެމްޑީޕީން ރާވައިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖީ ހަރަކާތެއް ކަމަށްވާއިރު، މި ހަރަކާތުގައި ގިނަ އަދަދެއްގެ އެމްޑީޕީގެ މެންބަރުންނާއި ތާއީދުކުރާ ފަރާތްތައް ބައިވެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: