ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ އެއްވުމުން ފެނުނީ ސަރުކާރުން އަސާސީ ހައްގުތައް ކަށަވަރު ކޮށްދިން މަންޒަރު: ތަރުޖަމާން

ފައްޔާޒް އިސްމާއިލް: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕާޓީ އެމްޑީޕީން މިރޭ ބޭއްވި އެއްވުމުގައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވެގެން ދިޔަކަމަށް ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ރެލީގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މި ސަރުކާރުން ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެން ދިޔައެވެ. މީގެ ތެރޭގައި އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމެނެއެވެ.

”ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކޮށް ކަށަވަރުކުރުމެވެ،“ ތަރުޖަމާން ވިދާޅުވިއެވެ.

”ފުނޑިއްޖެ ފުދިއްޖެ“ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، ގާނޫނުއަސާސީއަށް 16 އަހަރު ވެގެންދިޔައިރު، އޭގެ ތެރެއިން 15 އަހަރު ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ޔަގީންކަމެއް ލިބިގެންދިޔައީ ބޭސްފަރުވާއަށް ސަލާން ނުޖެހުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއަދު އެ ޔަގީންކަން އެއްކޮށް ގެއްލިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މިއީ ސަރުކާރުގެ ތަންދޮރު ނުދަންނަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ގެއްލުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތްތަކެއް ކޮށްގެން ދިވެހި ރައްޔިތުން އަމަލުކުރަމުންދާ ގާނޫނުއަސާސީ ހޯދާފައިވަނީ ކުރި އަނިޔާތަކާއި އޮހޮރުވާލި ލޭއާ އެކު އެންމެންގެ ބިރު ފަހަނައަޅައި ގޮސްގެން ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން މަގުމައްޗަށް ނުކުންނަން ޖެހިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުން ހޯދާފައިވާ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތްކުރަމުންދާތީ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް، ޕީއެންސީން ވެރިކަމަށް އައުމަށްފަހު ދިވެހި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކުރާ މަސައްކަތްތައް އަނބުރާ އިޔާދަނުވާނެ ގޮތަކަށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: