ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިވޭ މަތިން އެކްސިޑެންޓެއްވެ މަރުވެއްޖެ

މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު މާލެ އަންނަނީ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިވޭގެ މަތީގައި ފުލުހުން ބަހައްޓާފައިހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދީފައިވާގޮތުން މިހަކު މަރުވި އެކްސިޑެންޓު ދިމާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ. އަދި އެކްސިޑެންޓު ހިނގީ މާލެއިން ހުޅުމާލެއަށް އައުމަށް އޮންނަ ލޭނުގައި ބަހައްޓާފައިހުރި ކޯނެއްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހުމާއިއެކުކަމަށެވެ. އެ ޖެހިފައިވަނީ ހައިވޭގެ މަތީގައި ޖަހާފައިހުރި ސޯލާ ޕެނަލްތަކުގައި މަސައްކަތްތަކެއް ކުރާކަމަށްވުމުން އެކަމަށް ސަމާލުކަން ގެނުވުމުގެ ގޮތުން ބަހައްޓާފައިހުރި ކޯނެއްގައިކަމަށެވެ.

މި އެކްސިޑެންޓުގައި މަރުވީ ބަންގްލަދޭޝް ފިިރިހެނެއްކަމަށްވާއިރު، އޭނާ މަރުވީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަރާމާތުތައް ކުރިއަށް ގެންދިއުން ފަދަ މަސައްކަތްތައް ކުރެވޭއިރު ހައިވޭ އަދި އެހެނިހެން ސަރަހައްދުތަކުގައިވެސް ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ކޯނު ޖެހުން އެއީ އާންމު ކަމެއްކަމަށްވާއިރު ފުލުހުންގެ މުއައްސަސާއިންވަނީ މި އެކްސިޑެންޓާއި ގުޅިގެން އިތުރު ތަހުގީގުތައްވެސް ކުރަމުންދާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: