ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު އިތުރު 80 ރެސްކިއު ޑައިވަރުން ތަމްރީނުކުރެވޭނެ: ވަޒީރު

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަން ކުރާ ކޮންމެ ދޯންޏަކުން މަދުވެގެން އެއް ފަޅުވެރިޔަކު ”ރެސްކިއު ޑައިވަރ“ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ހެދުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މި އަހަރު 80 ފަޅުވެރިޔަކު ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތް ނުވަތަ ”ސިންގަލް އޯޕަން ވޯޓަރ ޑައިވް“ ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވައްސާ ދިމާލުން ބީޗުގައި މިއަދު ބޭއްވި ހަރަކާތުގައި ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަން ކުރާ ހުރިހާ އުޅަނދުތަކެއްގައި މަދުވެގެން އެއް ރެސްކިއު ޑައިވަރަކު ތަމްރީނުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާތަނަށް 56 ޑައިވަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މި އަހަރު 80 ޑައިވަރުން ތަމްރީނުކުރެވި އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅައިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާއި އެ ފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ.

ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި އެ ނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ހާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: