ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ބަންދަށް ޙައްލު ހޯދުމަށް ”ބަންދު ފޯރަމް“!

ބަންދު ފޯރަމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ މައްސަލައަށް ޙައްލު ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިސްނަގައިގެން “ބަންދު ފޯރަމް” ގެ ނަމުގައި ޚާއްސަ ފޯރަމެއް ކުރިއަށް ގެންގޮސްފި އެވެ.

މި ފޯރަމްގައި އޮބްޒާވަރުން ބައިވެރިވާ ސެޝަންތައް ކުރިއަށްދިޔައީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށެވެ.

މި ފޯރަމްގެ ތެރެއިން ޕީޖީ, އޭޖީ, ހޯމް މިނިސްޓަރ, ޕޮލިސް ކޮމިޝަނަރ, ޕްރިޒަންސް ކޮމިޝަނަރ އަދި ދިފާއީ ވަކީލުން ބައިވެރިވެލެއްވި ޕެނަލް ޑިސްކަޝަނެއް ކުރިއަށްދިޔައެވެ. އަދި ޕެނަލްއާ ސުވާލުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވާލާފައިވެއެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ޕެނަލިސްޓުން ވަނީ މި މައްސަލައާ ގުޅޭގޮތުން ދެކިލައްވާ ގޮތް ހާމަ ކުރައްވާފައެވެ. އަދި މި މައްސަލަ ޙައްލު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހުރިހާ ބައިވެރިންނަށް އިޤުރާރުވެވޭ ޖުމުލަ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ފޯރަމްގެ މަޤްސަދަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖައާ ކުރުމާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަ ކުރުމެވެ. އަދި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޙައްޤުތަކާއި، މުޖުތަމައުގެ ޙައްޤުތައް ރައްކާތެރިކޮށް އެއްހަމަ ކުރެވޭނެ ގޮތަކަށް ބަދަލުތައް ގެނެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުންވެސް ފޯރަމްގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ފޯރަމްގައި ވާހަކަ ދެކެވުނު ކަންކަމަށް ބަލާއިރު، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ދިމާވާ މައްސަލަތައް ދެނެގަނެވިފައިވެއެވެ. އެގޮތުން އިދާރާތަކުން ވަނީ އެކަންކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

މީގެ އިތުރުން، އެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވެން ހުރި ކަންކަން ދެނެގަތުމާއި، މި މައްސަލަތަކަށް ނިޒާމީ އަދި ވަށާޖެހޭ ޙައްލެއް ހޯދުމަށްޓަކައި ދުރުރާސްތާގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް ޕެނަލިސްޓުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: