ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އީ-ސިގިރޭޓް މަނާކުރުމުން ސަރުކާރަށް ޑަބްލިޔުއެޗްއޯގެ ތަޢުރީފް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އީ ސިގިރޭޓް އަދި ވޭޕް މަނާކުރުމުން، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޮސް ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ލިޑަރޝިލަށް ތަޢުރީފުކުރައްވައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް މިކަމަށް ތަޢުރީފުކުރެއްވީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިއަދު ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރހީމް އާއި ދެބޭފުޅުން ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖެއިން ދުންފަތުގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ޞިއްހަތު ޖަމްއިއްޔާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ދުންފަތުން ރައްކާތެރިވުމަށް އެކަމަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަމަށްވެސް އެއްބާރުލުން ދެއްވާނެކަން ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ޞިއްހީ ދާއިރާއަށް އެހީތެރިކަން ދެއްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ޓެލެމެޑިސިންގެ ހަރުދަނާ ކުރުމަށް އެހީތެރިވުމާއި، ޑިޖިޓަލް ހެލްތުގެ ދާއިރާ ގެ އިތުރުން އިމަރޖެންސީ މެޑިކަލް ގެ ޚިދުމަތް ހަރުދަނާކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކުރިއަލާ ބަލިން ރައްކާތެރިވުމަށް ޕްރައިމަރީ ހެލްތު ކެއަރ ގެ ނިޒާމް ހަރުދަނާ ކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުންވެސް މަޝަވަރާކުރެވުނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމު ކުރައްވަމުންދާ ދަތުރުފުޅުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: