ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ހަވާސާވެފައި ތިބި ޒުވާނުންނަށް އޯގާތެރިކަމާއެކީ އަޅާލާ ސަރުކާރެއް: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ އޯގާތެރިކަމާއެކުގައި މަގުމަތިވެފައި ތިބި ޒުވާނުންނާއި މުޖުތަމަޢުގެ ތެރޭގައި އަޅާނުލެވި ހަވާސާވެފައި ތިބި ޒުވާނުންނަށް އަޅާލާ ސަރުކާރެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރިޔާސީ ބަޔާން 2025 ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަަމުން ވަޒީރު ވަނީ ސަރުކާރާ ހަވާލުވިއިރުގަ ފަރުވާ ނުފެށި 700 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 85 ޕަސެންޓް މީހުންނަށް ފަރުވާފެށި އަދި ބޮޑު ބަޔަކަށް ފަރުވާދީ ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މާލޭގެ މަގުމަތީގައި ސަލާންޖެހުމާއި ޑްރަގް ބޭނުންކޮށްގެން މަގުމައްޗަށް ވެއްޓި ތިބޭ މަންޒަރު މިހާރު މަދުވާނެ ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ރިމާންޑް ސެންޓަރުން ކަމަށެވެ.

އަޅުގަނޑު ހަމަ އޭގެ ތެރެއިން އެއް މިސާލެއް ދަންނަވާލާނަން. އާންމު ގޮތެއްގައި މަޖީދީމަގުގަ ހުންނަ އޭޓީއެމް މެޝިން ހުންނަ ސަރަހައްދުން ފެންނަ ފަރާތް މިހާރު ޑްރަގުގެ ވަބާއިން ދުރުވެ އެ ފަރާތް މިހާރު ވަނީ ރާއްޖޭގައި މަރުކަޒީ ގޮތެއްގައި ހިންގާ އިލެކްޓްރިކަލް އިންޖިނިއަރިންގ ކޯހެއްގައި ދަނީ ކިޔަވަމުން. އަދި އޭނާއަކީ އާދަޔާ ޚިލާފަށް ކުރެހުމުގެ ހުނަރު ލިބިފައިވާ ފަރާތެއް. އަޅުގަނޑުމެން އެ ވަސީލަތްތައް ހޯދައިދީ މިހާރު އެ އާޓު ތަންތަނުގައި ޑިސްޕްލޭ ކުރެވި ވިއްކޭނޭ މަގު ވަނީ ހޯދައިދީފަ. ރައީސް ޑރ. މުޢިއްޒު ގާއިމްކޮށްފައި ވަނީ ހަވާސާވެފައި ތިބި ޒުވާނުންނަށް އަޅާލުމުގެ އޯގާތެރި ސަރުކާރެއް.

ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ޑްރަގް ޑިމާންޑް ދަށްކުރުމަށް ކުރަމުންދާ މަސައްކަތް މިއަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، ވަޢުދު ވެފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ގާއިމްކުރާ މަރުކަޒުތައް މިއަހަރުގެ ތެރޭގައި ހެދިގެންދާނެކަމަށް އިހުސާން ވިދާޅުވިއެވެ.

މި ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހާލަތު އޮތްގޮތް ކޮންމެ ރައްޔިތަކަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ޑްރަގުގެ ވަބާ އޭގެ ޒާތުގައި ފެތުރި އޭގެ އަސަރުނެތް އެއްވެސް އާއިލާއެއް ރާއްޖޭގައި ނެތްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުށްކުރާ ގޭންގްތައް ހަދައިގެން ކުށްކުރުމުގެ ސަގާފަތެއް އޮތް ކަމަށާއި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު އޮތީ ނޭނގޭ ހިސާބެއްގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތުއްތު ކުދިންގެ މައުސޫމްކަން ނަގާލާ އެ ކުދިން ކުށުގެ މާހައުލަށް ހުށަހަޅާ އަދި ކުށުގެ ވެށީގައި އެ ކުދިން ގެންގުޅެމުންދާ ދިޔުން އިންތިހާއަށް އޮތް. މިހުރިހާ ކަމަކަށް އެޑްރެސްކޮށް ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ދާޚިލީ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކެއް އެބަވޭ. އޭގެ ތެރޭގައި ކްރައިމް ޕްރިވެންޝަންގެ ނަޒަރިއްޔާއަކުން ބަލާނަމަ ރާއްޖޭގަ މި ވަގުތު ފުލުހުންގެ ޚިދުމަތް ގާއިމވެފައި ނެތް ހުރިހާ ރަށެއްގަ މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ގާއިމްކޮށް ކްރައިމް ޕްރިވެންޓްކޮށް އަދި މި ވަގުތު ކުށުގެ މާހައުލުގައި އުޅެމުންދާ ކުދިން އޭގެއިން ދުރުކޮށް އަދި ރައްޔިތުންނަށް އަމާން ޤައުމެއް ބިނާކުރެވޭނެ މާހައުލެއް ކަށަވަރުކޮށްދިނުމަކީ އެއީ އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރާނެ އެއް ކަން.

ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ބައޯމެޓްރިކްސް ނަގާ އެ މީހުން ޤާނޫނުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހޯޕް އައިލެންޑްގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: